އަންހެން މުވައްޒަފަކު މެނޭޖަރުގެ އުދަނގޫ ބޮޑުވެގެން ވަޒީފާއިން ވަކިވެއްޖެ

އަންހެން މުވައްޒަފަކު މެނޭޖަރުގެ އުދަނގޫ ބޮޑުވެގެން ވަޒީފާއިން ވަކިވެއްޖެ

އިންޑިއާގެ އަންހެން މުވައްޒަފަކު އޭނާގެ މެނޭޖަރުގެ އުދަނގޫ ބޮޑުވެގެން ވަޒީފާއިން ވަކިވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އޭޕްރީލް 2025 ގައެވެ. އެ އަންހެން މީހާ އެކްސް ގައި ހިއްސާކުރި ޕޯސްޓަކާ ގުޅިގެން މުޅި އިންޓަނެޓުގައި މިއީ ބޮޑު ބަހުސަކަށް ވިއެވެ.

ސޯޝަލް މީޑިއާގައި މި ވާހަކަ ހިއްސާކުރި މުވައްޒަފު އޭނާގެ އަމިއްލަ ނަމާއި، އޭނާ މަސައްކަތްކުރި ކުންފުނީގެ ނަން ހާމަކޮށްފައެއް ނުވެއެވެ. މިއީ އަމިއްލަ ރައްކާތެރިކަމަށާއި ގާނޫނީ މައްސަލަތަކުން ސަލާމަތްވުމަށް އޭނާ ސިއްރުކުރި މައުލޫމާތެކެވެ.

މި އަންހެން މުވައްޒަފުގެ އާއިލާގެ މީހަކަށް ކެންސަރުގެ ސާޖަރީއެއް ކުރަން ޖެހުމުން، އޮފީހުން ބޭއްވި ސެމިނާރަކަށް އޭނާއަށް ނުދެވޭނެކަން ކުރިއާލާ އޮފީހުގެ ޓީމް ލީޑަރަށް އެންގިއެވެ. ނަމަވެސް، އޭނާގެ މެނޭޖަރު އެކަމަށް އިންކާރުކޮށް، އޮފީހަށް އައުމަށް މަޖުބޫރުކުރިއެވެ.

އޭނާ ހޮސްޕިޓަލުގައި ހުންނަން ޖެހުމުން މެނޭޖަރު އެދުނު ކަންތައްތަކުގެ ތެރޭގައި:

1. ޖީޕީއެސް ލައިވް ލޮކޭޝަން ހިއްސާކުރުން (އެތަނުގައި ހުރިތޯ ބަލަން).
2. ހޮސްޕިޓަލުގައި ބަލިމީހާ އޮތް ފޮޓޯތައް ފޮނުވުން.
3. ޑޮކްޓަރުންގެ ލިޔެކިޔުންތަކާއި ބޭސް ސިޓީތައް ހެއްކެއްގެ ގޮތުގައި ފޮނުވުން.

މިކަންކަމާ މުވައްޒަފު ދެކޮޅު ހެދުމުން، މެނޭޖަރު ފޯނުން ގުޅައި 20 މިނެޓާއި 30 މިނެޓާ ދެމެދުގެ ވަގުތަކަށް އޭނާއަށް ހަޅޭއްލަވައި، މަލާމާތްކުރިއެވެ. އަދި އޮފީހަށް މާފަށް އެދި އީމެއިލް ފޮނުވުމަށާއި ބޭސްސިޓީގެ ފޮޓޯ ފޮނުވުމަށް އެންގިއެވެ. ނަމަވެސް، މާފަށް އެދުމުގެ ބަދަލުގައި އެ އަންހެން މީހާ ފޮނުވީ ވަޒީފާއިން ވަކިވުމުގެ އީމެއިލް އެވެ.

އޭނާގެ އައިޑެންޓިޓީ ސިއްރު ކޮށްފައިވާތީ، އޭނާގެ އަމިއްލަ ދިރިއުޅުމުގެ ތަފްސީލެއް އަދި ލިބޭ އާމްދަނީއެއް އެނގޭކަށް ނެތެވެ. އޭނާ މަސައްކަތް ކުރީ ކޯޕަރޭޓް ދާއިރާގެ އޮފީހެއްގައެވެ.

އޭނާ އިންޓަނެޓުގައި މަޝްހޫރުވީ އޭނާގެ ހިތްވަރުގަދަ ނިންމުމުގެ ސަބަބުންނެވެ. އޮފީސްތަކުގެ "ޓޮކްސިކް" ނުވަތަ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފާ މެނޭޖަރުންގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހައި، އަމިއްލަ އަބުރާއި އާއިލާ އިސްކޮށް ވަޒީފާއިން ވަކިވާން ކެރުމުން ގިނަ ބައެއްގެ ތައުރީފު އޭނާއަށް ލިބުނެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ފެށުނެވެ. ގިނަބަޔަކު ބުނިގޮތުގައި މެނޭޖަރުގެ އެދުމަކީ މުވައްޒަފުންގެ އަމިއްލަ މިނިވަންކަމާއި ކަރާމާތަށް އަރައިގަތުމެކެވެ. ގިނަ ބަޔަކު ވަނީ މެނޭޖަރުގެ އަމަލު ކުށްވެރިކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *