ވެރިކަން ބަދަލުކުރުމުގެ ވާހަކައަކީ ނަޝީދު ދައްކަވާ ބޭކާރު ޚިޔާލީ ވާހަކައެއް: މުހައްމަދު

ވެރިކަން ބަދަލުކުރުމުގެ ވާހަކައަކީ ނަޝީދު ދައްކަވާ ބޭކާރު ޚިޔާލީ ވާހަކައެއް: މުހައްމަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި އިންޒާރަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާ މެންބަރު މުހައްމަދު އިސްމާއިލް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިގެން ރައީސް މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައި، މެންބަރު ވަނީ ސިޔާސީ ތަޅާފޮޅުން ހިންގަވާ ނަމަވެސް ކިތަންމެ ވަރެއްގެ ވާހަކަ ނަމަވެސް ދައްކަވަންވާނީ ބުރަދަން ހުރި، ކުރެވޭ ވަރުގެ ކަންކަމުގެ ވާހަކަ ކަމަށް ވިދާޅުވެ ވަރުގަދަ ރައްދެއް ދެއްވާފައެވެ.

ވިލިމާލެ ދާއިރާ މެންބަރު ވިދާޅުވީ، ބޭކާރު ބޮޑެތި ވައުދުތައް ވިދާޅުވުމަށް ވުރެ، ޅަ ކުއްޖަކާ ކައިވެނިފުޅު ބައްލަވައިގަންނަވަން ނިންމެވި ކަމަށް ވިދާޅުވިނަމަ، ނޫސްތަކުން ވަގުތުން ޚަބަރު ހަދާނެ ކަމަށެވެ.

މެންބަރު ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒަކީ ރައްޔިތުން ހޮވި ރައީސަކަށްވާތީ، މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުންގެ ފުރިހަމަ އިތުބާރާ ތާއީދާ ގުޅިގެންނެވެ. ހަމައެއާ ހިލާފަށް، ނަޝީދު ވިދާޅުވި ފަދައިން ވެރިކަން ވައްޓާލުމަކީ ވާހަކަ ދެއްކި ނަމަވެސް ހަގީގަތާ ދުރު، ސިޔާސީ ބުރަދަނެއް ނެތް ވާހަކަތަކެއް ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ކަންކަމަށް ތެދުވެ ތިބި ސްޕަ މެޖޯރިޓީ ލިބިފައިވާ ޕީއެންސީ ސަރުކާރެއް ހިނގަމުން ދަނިކޮށް، ވެރިކަން ބަދަލު ކުރުމުގެ ވާހަކަ ދެއްކެވުމަކީ ޙަޤީޤަތާ ހިލާފު ހުސް ހިޔާލީ ވާހަކަ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *