މީގެ 30 އަހަރު ކުރިން، 16 އޮގަސްޓް 1994 ގައި IBM އިން އައި.ބީ.އެމް ސައިމަން ކިޔާ މޮބައިލް ފޯނެއް ނެރުނެވެ.
އޭރު "ސްމާޓްފޯން" މި ލަފުޒު ބޭނުން ނުކުރި ނަމަވެސް، މިއީ ހަގީގަތުގައި ދުނިޔެއަށް ތައާރަފުވި ފުރަތަމަ ސްމާޓްފޯނެވެ. މިއަދުގެ އައިފޯނު ނުވަތަ އެންޑްރޮއިޑް ފޯނުތަކުން ފެންނަ ގިނަ ކަންތައްތަކެއް "ސައިމަން" އިން އޭރުވެސް ފެނުނެވެ:
ޓަޗް ސްކްރީން: މި ފޯނުގައި އެއްވެސް ފިތެއް ނެތެވެ. އޭގެ ބަދަލުގައި ބޭނުންކުރީ ސްޓައިލަސް އެއް ބޭނުން ކޮށްގެން ފިތޭ ޓަޗް ސްކްރީނެކެވެ.
އޭރު މަގުމަތީގައި ހުރެގެން އީމެއިލް ފޮނުވުމާއި ފެކްސް ފޮނުވުމަކީ މީހުން ހައިރާންކޮށްލި ކަމެކެވެ.
ކަލަންޑަރު، އެޑްރެސް ބުކް، ކަލްކިއުލޭޓަރު، އަދި ނޯޓްޕޭޑް ފަދަ "އެޕް" ތައް މީގައި ހިމެނުނެވެ. ފޯނެއްގެ އިތުރުން މިއީ ޕޭޖަރެއްގެ ގޮތުގައިވެސް ބޭނުން ކުރެވޭ އެއްޗެކެވެ.
މިއަދުގެ ފޯނުތަކާ އަޅާބަލާއިރު ސައިމަން އަކީ "ބޮޑު ގަލެއް" ކަހަލަ އެއްޗެކެވެ. މީގެ ބަރުދަނުގައި 510 ގްރާމް ހުރެއެވެ. އަދި އޭރު މީގެ އަގަކީ ގާތްގަނޑަކަށް 899 ޑޮލަރެވެ. މިއީ އެ ޒަމާނުގެ ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ.
ސައިމަން ބާޒާރުގައި އޮތީ އެންމެ 6 މަސް ދުވަހުއެވެ. އޭގެ މައިގަނޑު ސަބަބުތަކަކީ:
ބެޓެރީ: ބެޓެރީ ހިފަހައްޓަނީ އެންމެ 1 ގަޑިއިރަށެވެ.
ސައިޒު: ޖީބަށްލާން މާ ބޮޑުވެފައި ބަރުވުމެވެ.
އިންޓަނެޓް: އޭރު މިއަދުގެ ގޮތަށް "މޮބައިލް ޑޭޓާ" ނެތުމުން އިންޓަނެޓްގެ ފުރިހަމަ ބޭނުން ނުހިފޭތީއެވެ.
މިއަދު އަހަރެމެންގެ އަތުގައި މިއޮތް ފަސޭހަ ޓެކްނޮލޮޖީގެ މައިގަނޑު އަސްލަކީ IBM ސައިމަންއެވެ. އެއީ އޭރު ފެއިލްވި އެއްޗެއްގެ ގޮތުގައި ބެލެވުނަސް، އެއީ މުސްތަގުބަލުގެ ދޮރު ހުޅުވައިދިން އީޖާދެކެވެ.





