ޚާމަނާއީ އަވަހާރަކޮށްލި މީހުންގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރުދީފި

ޚާމަނާއީ އަވަހާރަކޮށްލި މީހުންގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރުދީފި

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ވަނީ ބަދަލު ހިފާނެ ކަމުގެ ހަރުކަށި އިންޒާރެއް ދީފައެވެ.

އައިއާރުޖީސީގެ ބަޔާނުގައި ބުނެފައިވަނީ، ޚާމަނާއީ އަވަހާރަކޮށްލި ފަރާތްތަކަށް ހަމައިން ބޭރުނުވެ އަދަބު ލިބޭނެ ކަމަށެވެ. ޚާމަނާއީ ދެއްކެވި މަގުން ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި ދެމިތިބޭނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެމެރިކާ އާއި އިޒްރޭލަށް ދޭ ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ޚާމަނާއީ އަވަހާރަވިކަން ފުރަތަމަ އިއުލާންކުރީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ރައީސް ޓްރަމްޕެވެ. ޓްރަމްޕް ވިދާޅުވީ، މިއީ ޚާމަނާއީގެ ޒައާމަތުގައި މަރާލި ހުރިހާ ފަރާތްތަކަށާއި، އެމެރިކާ ރައްޔިތުންނަށް ވެސް ލިބުނު އިންސާފެއް ކަމަށެވެ. ޚާމަނާއީ ނިޔާވިކަމުގައި ވިޔަސް، ބޮން އެޅުން ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޚާމަނާއީއާ ދެކޮޅަށް ދިން ހަމަލާގައި، ޚާމަނާއީ ގެ އަންހެން ދަރިކަނބަލަކާއި، ދަނބިދަރިފުޅާއި، ކާފަ ދަރިކަލަކު ވެސް ވަނީ ނިޔާވެފައި ކަމަށް ފާސް ނިއުސް އިން ރިޕޯޓްކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *