އީރާނުން ގަލްފު ގައުމުތަކަށް ހަމަލާ ދިނުން ސައުދީން ކުށްވެރިކޮށްފި

އީރާނުން ގަލްފު ގައުމުތަކަށް ހަމަލާ ދިނުން ސައުދީން ކުށްވެރިކޮށްފި

އެމެރިކާ އާއި އިޒްރޭލު ގުުޅިގެން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި، ގަލްފުުގެ ހަތަރު ގައުމެއްގައި ހުުރި އެމެރިކާގެ ވައިގެ ބޭސްތަކަށް އީރާނުުން ހަމަލާ ދިނުުމުުން، ސައުުދީ އަރަބިއްޔާ އިން އެކަން ކުުށްވެރިކޮށްފިއެވެ.

އީރާނުުން ހަމަލާ ދިންކަމަށް ރިޕޯޓުުވަނީ ގަތަރ، ކުުވޭތު، ޔޫއޭއީ، އަދި ބަހްރޭނަށެވެ. ސައުުދީ ހާރިޖިއްޔާގެ ބަޔާނުުގައި ބުުނެފައިވަނީ، ބައިނަލްއަގްވާމީ ގާނޫނުުތަކާ ޚިލާފަށް ގައުުމުުތަކުުގެ ސިޔާދަތަށް ދިން މި ހަމަލާތައް ބަލައިނުގަނެވޭ ކަމަށެވެ. ހަމަލާ ލިބުުނު ގައުުމުުތަކުުގެ ދިފާއުުގައި ސައުުދީ ފުުރިހަމައަށް ތައްޔާރަށް ހުުރިކަމަށް ވެސް ބަޔާނުުގައިވެއެވެ.

ހަމަލާ ލިބުުނު ގަތަރުުން ވެސް ވަނީ ކުުށްވެރިކޮށް، ރައްދު ދިނުުމުުގެ ހައްގު ލިބިގެންވާ ކަމަށް ބުުނެ ބަޔާނެއް ނެރެފައެވެ. ގަތަރުުގެ ދިފާއީ ބާރުުތަކުުން ވަނީ ވައިގެ ތެރޭގައި ގިނަ މިސައިލްތަކެއް ހުއްޓުުވާ ނައްތާލާފައިވާ ކަމަށް ބުުނެފައެވެ.

ޔޫއޭއީގެ އަބޫދާބީ ސަރަހައްދަށް ވެއްޓުުނު މިސައިލް ބައިތަކުުގެ ސަބަބުުން އާންމުުންގެ މީހަކު މަރުުވެ، ގަލްފުުގެ ވައިގެ ސަރަހައްދުުތައް ބަންދުުކުުރަން ޖެހުުނެވެ. ގަލްފުުގެ ގައުުމުުތަކުުން ވަނީ ސަރަހައްދީ ހަމަޖެހުުމަށް ނުރައްކާ ކުުރުން ހުއްޓާލުުމަށާއި ބައިނަލްއަގްވާމީ ގާނޫނުުތަކަށް ފުުރިހަމައަށް އިހްތިރާމް ކުުރުުމަށް އީރާނަށް ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *