ބީއެމްއެލް އިން އަޅާ ހައުސިން ޔުނިޓްތައް 2028ގެ މެދުތެރޭގައި ހަވާލު ކުރާނެ: އެމްޑީ

ބީއެމްއެލް އިން އަޅާ ހައުސިން ޔުނިޓްތައް 2028ގެ މެދުތެރޭގައި ހަވާލު ކުރާނެ: އެމްޑީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އަޅާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި އޭގެ ހައްގުވެރިންނަށް ހަވާލުކުރައްވާނެ ކަމަށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ދ. ކުޑަހުވަދޫ ބްރާންޗުގެ އާ އިމާރާތް ހުޅުުވައި ހިދުމަތް ދޭން ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ބީއެމްއެލްއިން ހައުސިން މަސައްކަތް ތަކަށް، އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީގެ ނަމުގައި ސބްސިތަރީ ކުންފުންޏެއް ވަނީ އުފައްދައިފައެވެ. ޝަރީފް ވިދާޅުވި އެ ކުންފުނި މެދުވެރިކޮށް، 3000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް، ބޭނުންވާ ބިން މިދިޔަ ނޮވެމްބަރު މަހު ސަރުކާރުން ހަވާލު ކޮށްފައިވާ ކަމަށެވެ.

މި ސްކީމްގެ ދަށުން ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަނީ ވިލިމާލެ އާއި ހުޅުމާލެ ފޭސް \އެކަކާއި ފޭސް ދޭއްގައެވެ. އެއީ ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *