ޑޮލަރު ފޭރުނު 4 މީހުން ހައްޔަރުކޮށް، ލޯންޗު ހޯދައިފި

ޑޮލަރު ފޭރުނު 4 މީހުން ހައްޔަރުކޮށް، ލޯންޗު ހޯދައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭޭ)ން ޑޮލަރުތަކެއް ފޭރުނު މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުން ފިލަން ބޭނުން ކުރި ލޯންޗު ފުލުހުން ހޯދައިފި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ވެލާނާ އެއާޕޯޓުގައި ހިނގި ފޭރުމުގެ ހާދިސާއާ ގުޅިގެން ފުލުހުންގެ ތަހުގީގުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން، މި ކުށް ކުރުމަށް ބޭނުންކުރި ލޯންޗު ހޯދާފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ.

އަދި މި ފޭރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *