ސިހުރު ހަދަމުން ދާކަމަށް ބުނެ ވެލިދޫ މީހަކު ރަސްގެތީމުން ބާލުވައިފި

ސިހުރު ހަދަމުން ދާކަމަށް ބުނެ ވެލިދޫ މީހަކު ރަސްގެތީމުން ބާލުވައިފި

ރ. ރަސްގެތީމުގެ މީހުންނަށް ސިހުރު ހަދަމުންދާ ކަމަށް ބުނެ އެ ރަށުގައި ހުރި ނ. ވެލިދޫ މީހަކު ރަށުން ބާލުވައިފި އެވެ.

ސޯޝަލް މީޑިއާގައި އަންނަނީ މީހަކު ރަށުން ބާލާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ދައުރުވަމުންނެވެ. އެ ވީޑިއޯގައި ފެންނަނީ އެރަށުގެ ބަނދަރު މަތިން ފުލުހުން މީހަކު ގޮވައިގެން އަންނައިރު، ގިނަ އަދަދެއްގެ މީހުންވެސް އަޑުގަދަ ކުރަމުން އަންނަ ތަނެވެ.

އެވަގުތު ބަނދަރުމަތިން އެއްކޮށް ކަރަންޓު ކެނޑޭ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. އަދި އެ މީހާ ގެނެސް ލޯންޗަކަށް ލުމުން އެ ލޯންޗު ފުރާ މަންޒަރުވެސް ފެނެއެވެ.

ރަސްގެތީމުގެ މީހަކު "މާލެޓައިމްސް" އަށް ބުނީ އެ ހާދިސާއަކީ އެ ރަށު މީހުންނާ ސިހުރު ހަދަމުން ދިޔަ ވެލިދޫ މީހަކު ރަށުން ބާލުވާ މަންޒަރު ކަމަށެވެ. ރަށު ރައްޔިތުން އެ މީހާ ރަށުން ބާލުވަން މަސައްކަތް ކުރަމުން ދަނިކޮށް ފުލުހުން އައިސް ވަނީ ފުލުހުންގެ ހިމާޔާތުގެ ދަށުން އެ މީހާ ރަށުން ބާލުވައިފައި ކަމަށްވެސް އޭނާ ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *