ފުރަތަމަ ތިން މަހުވެސް ރާއްޖެއަށް 5 ލައްކަ ޓޫރިސްޓުން

ފުރަތަމަ ތިން މަހުވެސް ރާއްޖެއަށް 5 ލައްކަ ޓޫރިސްޓުން

މި ހިނގާ 2025 ވަނަ އަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައިވެސް ރާއްޖެއަށް ބައި މިލިއަން ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ތަފާސްހިސާބު ތަކުން ފެންނަ ގޮތުގައި ޖެނުއަރީން ފެށިގެން މާޗު 15 އާއި ހަމައަށްވެސް ދުވާލަކު ރާއްޖެއަށް 7100 ފަތުރިވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު މި އަދަދު އުޅުނީ މިއަށްވުރެ ދަށުގައެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް އަދި ހަމަވެސް ނުވާއިރު، ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން ވަނީ މާޗު މަހުގެ މެދެކާހަމައަށް ދިޔައިރު 63 ހާސް ޓޫރިސްޓުން އައިސްފައެވެ. ދެން އެންމެ ގިނައިން އައީ ޔޫކޭ އާއި ރަޝިޔާއިންނެވެ.

ހިސާބުތަކުން ދައްކާގޮތުން އެންމެގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ރިސޯޓު ތަކަށެވެ. މީގެތެރެއިން އެކި ރަށްރަށުގައި ހުރި ގެސްޓް ހައުސްތަކަށް އައިސްފައި ވަނީ 127،000 ޓޫރިސްޓުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *