ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ޗައިނާގެ 7 މީހަކު މިއަދު ސަލާމަތް ކޮށްފިއެވެ.
ފުލުހުން ބުނީ، ވ. ފުލިދޫ ކައިރީގައި އޮންނަ ބޯމަސް ކަނޑު ޑައިވް ސައިޓަށް ފީނަން ގޮސް އުޅެނިކޮށް ޗައިނާގެ 7 މީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 18:26 ގައެވެ.
ގެއްލުނު ފީނުންތެރިން ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ވ. ފުލިދޫ ލޯންޗަކަށް ކަނޑުމަތިން އެ 7 މީހުން ފެނި، އެމީހުން ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
އެ އެންމެންގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ.