ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު ޗައިނާ ބަޔަކު ސަލާމަތް ކޮށްފި

ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު ޗައިނާ ބަޔަކު ސަލާމަތް ކޮށްފި

ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ޗައިނާގެ 7 މީހަކު މިއަދު ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނީ، ވ. ފުލިދޫ ކައިރީގައި އޮންނަ ބޯމަސް ކަނޑު ޑައިވް ސައިޓަށް ފީނަން ގޮސް އުޅެނިކޮށް ޗައިނާގެ 7 މީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 18:26 ގައެވެ.

ގެއްލުނު ފީނުންތެރިން ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ވ. ފުލިދޫ ލޯންޗަކަށް ކަނޑުމަތިން އެ 7 މީހުން ފެނި، އެމީހުން ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ އެންމެންގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *