ގްރީން ޓެކްސް 50 ޕަސެންޓަށް ބޮޑު ކުރުމުގެ ބަހުސް ފަށައިފި

ގްރީން ޓެކްސް 50 ޕަސެންޓަށް ބޮޑު ކުރުމުގެ ބަހުސް ފަށައިފި

ގްރީން ޓެކްސް 50 ޕަސެންޓަށް އިތުރު ކުރަން ޓޫރިޒަމާބެހޭ ޤާާނޫނަށް އިސްލާހުގެނަން ހުށަހެޅި ބިލުގެ ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ، މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިންއެވެ.

ޤާނޫނު މިހާރު އޮންނަގޮތުން 50 އަށް ވުރެ ގިނަ ކޮޓަރި ހިމެނޭ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކާއި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ހޮޓާތަކާއި ގެސްޓް ހައުސް ތަކުން ގްރީން ޓެކްސްގެ ގޮތުގައި ދައްކަން ޖެހެނީ ބޮލަކަށް 6 ޑޮލަރެވެ. އަދި އެއަށް ވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ދައްކަނީ 3 ޑޮލަރެވެ.

ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުން، ގްރީން ޓެކްސްގެ ގޮތުގައި މިހާރު 6 ޑޮލަރު ދައްކަން ޖެހޭ ފަރާތްތަކުން ދައްކަން ދެން ޖެހޭނީ 12 ޑޮލަރެވެ. އަދި 3 ޑޮލަރު ދައްކަމުން އަންނަ ފަރާތްތަކުން ދައްކަން ޖެހޭނީ 6 ޑޮލަރެވެ.

ނަމަވެސް ޓޫރިސްޓުންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުދިންގެ އަތުން ގްރީން ޓެކްސް ނުނެގުމަށް ވަނީ ހިމަނައިފައެވެ.

ބިލުގައިވާގޮތުން މި އިސްލާހަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

ބިލުގައި ވާގޮތުން މި ޓެކްސް ބޮޑު ކުރުމުން އަންނަ 2025 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ 963.6 މިލިޔަން ރުފިޔާއިން އިތުރުވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *