ލަގްޒަރީ 8 ރިސޯޓެއް ރާއްޖޭގައި ހިންގާ ބިލިއަނަރު އޮންގުގެ މައްޗަށް ސިންގަޕޫރުގައި ދައުވާކޮށްފި

ލަގްޒަރީ 8 ރިސޯޓެއް ރާއްޖޭގައި ހިންގާ ބިލިއަނަރު އޮންގުގެ މައްޗަށް ސިންގަޕޫރުގައި ދައުވާކޮށްފި

ރާއްޖޭގައި ލަގްޒަރީ ގިނަ ރިސޯޓުތަކެއް ހިންގާ ސިންގަޕޫރުގެ މަހުޖަނު އޮންގް ބެންގް ސެންގުގެ މައްޗަށް މިއަދު އެ ގައުމުގައި ދައުވާކޮށްފި އެވެ.

އޮންގްގެ މައްޗަށް ދައުވާކުރަނީ ރިޝްވަތު ހިފުމާއި އަދުލުއިންސާފަށް ހުރަސްއެޅުމުގެ ކުށުގައި ޖަލަށްލާފައިވާ ސިންގަޕޫރުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އިސްވަރަންއަށް ރިޝްވަތު ހުށަހެޅި ކަމުގެ ކުށުގެ ތުހުމަތުގަ އެވެ. އޮންގް ވަނީ އެ ދައުވާތައް އިންކާރުކޮށްފަ އެވެ.

އެ މައްސަލައިގައި ބާއްވާ އިބުތިދާއީ އަޑުއެހުންތައް ތާވަލުކޮށްފައިވަނީ ނޮވެމްބަރު 15 އަށެވެ.

ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން މިދިޔަ އަހަރުގެ ޖުލައި މަހު އޮންގް ހައްޔަރު ކުރިއެވެ. ނަމަވެސް، އޭރު ކަފާލާތުގެ ދަށުން އޭނާ ވަނީ މިިނިވަންކޮށްފަ އެވެ.

އޮންގަކީ ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކާ ގުޅުން އޮންނަ ވިޔަފާރިވެރިއެކެވެ.

އޮންގެ އެޗްޕީއެލް ކުންފުނީގެ ދަށުން ރާއްޖޭގައި އަށް ރިސޯޓު ވެސް ހިންގައެވެ. އޭގެ ތެރޭގައި:

ކ. ގިލި ލަންކަންފުށި
ކ. ހޮލިޑޭއިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް
ކ. ފޯ ސީޒަންސް މޯލްޑިވްސް އެޓް ކުޑަ ހުރާ
ބ. ފޯ ސީޒަންސް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރު
ބ. ފޯ ސީޒަންސް މޯލްޑިވްސް ޕްރައިވެޓް އައިލެންޑް އެޓް ވޯވަށް
ރ. އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގާ
ލ. ސިކްސް ސެންސަސް ލާމު
ޅ. ކަނުހުރާ
ކޮވިޑްގެ ދަތި ހާލަތުގައި ވެސް އޮންގް ވަނީ ރާއްޖެއަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން، އެޗްޕީއެލްއިން ވަނީ 15 ވެންޓިލޭޓަރެއް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އަދި، 100,000 މާސްކް ވެސް އެ ކުންފުނިން ރާއްޖެއަށް ހަދިޔާކުރި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *