ހުސްގޮނޑީގެ ވާހަކަތަކައް ރައީސްގެ ރައްދު، ހުސްގޮނޑި ބެހެއްޓެވީ ޔާމީނަށް އިހުތިރާމް ކުރުމުގެ ގޮތުން

ހުސްގޮނޑީގެ ވާހަކަތަކައް ރައީސްގެ ރައްދު، ހުސްގޮނޑި ބެހެއްޓެވީ ޔާމީނަށް އިހުތިރާމް ކުރުމުގެ ގޮތުން

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ޖަހައިފައިވާ ހުސް ގޮނޑިއެއް ބޭނުން ކުރައްވައިގެން ކަމަށް އަމާޒުވާ ފާޑު ކިޔުން ތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފިއެވެ.

"ސަންގު ޓީވީ"އަށް ރައީސް ރޭ ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އެ މަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ޔާމީން މިނިވަންވެޑައިނުގަތުމުން އެ މަނިކުފާނު މިނިވަން ކުރެއްވުމަށް ކަމަށެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ޖަލްސާ ތަކުގައި ޔާމީންގެ ނަންފުޅު ޖަހާފައިވާ ހުސްގޮނޑި ބަހައްޓަނީ އެ މަނިކުފާނަށް އިހުތިރާމް ކުރައްވައި ހައްގު މަގާމު ދެއްވުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެރިކަން ރައްޔިތުން ހަވާލު ކުރޭތޯ ކެމްޕޭން ކުރަމުން ދިޔައީ. ހަވާލު ކޮށްފިއްޔާ ދިވެހީންގެ ރާއްޖެއެއް ގާއިމުކޮށް ޖުޑީޝަރީއަށް ނުފޫޒު ފޯރުވުން ހުއްޓުމަކަށް ގެންނަން. ޖުޑިޝަރީއަށް ނުފޫޒުން ފޯރުވުން ހުއްޓުމަކަށް ގެނައިމާ އަޅުގަނޑު ގަބޫލު ކުރަމުން އައީ ހަމަ އެ މަނިކުފާނުގެ މައްޗަށް ކޮށްފަ އޮތީ ނުރަނގަޅު ހުކުމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރާތީ އެ މަނިކުފާނު މިނިވަންވާނެ ކަމަށް. އެ ވާހަކަ ދައްކަމުން ދިޔައީ. އެ މަނިކުފާނުގެ ހައްގު މަގާމުގަ އެ ގޮނޑި އަޅުގަނޑުމެން އެ ގޮނޑި އެ މަނިކުފާނަށް ރެސްޕެކްޓް ކުރާތީ ބަހައްޓަމުން އަންނަނީ" ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލިމަށް އޮންނަ މުއްދަތުގެ އެންމެ ފަހު ދުވަހުވެސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ވެއްޖެނަމަ، ޔާމީނަށް ޓިކެޓް ހަވާލު ކުރާނެ ކަމަށް ޕީޕީއެމް.ޕީއެންސީ ސެނެޓަށް އަންގާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓުގެ ހައްގުވެރި ފަރާތަކީ ޔާމީން ކަމަށް އޭރުވެސް އަދި މިހާރުވެސް ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނަކީ ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި ކުރެއްވި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ކުރީ ސަފުގައި ހުންނެވި އެއް ބޭފުޅާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތް ކުރެއްވީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެ ފުރުސަތު ހޯދައި ދެއްވުމަށް ކަމަށެވެ. އިހުލާސްތެރި ނިޔަތެއް ފިޔަވައި އެހެން ނިޔަތެއް އެ މަނިކުފާނުގެ ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޔާމީން މިހާރު ދައްކަވަމުންދާ ވާހަކަތަކާއި ގުޅިގެން ހައިރާންވާ ކަމަށާއި ނަމަވެސް ޔާމީނަށް އަބަދުވެސް ގަދަރު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *