ބުރިޖު ކައިރީ ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާ ވެއްޖެ

ބުރިޖު ކައިރީ ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާ ވެއްޖެ

ސިނަމާލެ ބުރިޖު ލައިޓް ކައިރީގައި ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ، ބްރިޖު ލައިޓު ކައިރީގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 5:26 ހާއިރު ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވީ އޭގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން އުމުރުން 21 އަހަރުގެ ފިރިހެނަކާއި އެ ސައިކަލްގެ ފަހަތުގައި އިން އުމުރުން 19 އަހަރުގެ އަންހެނެއްގެ އިތުރުން ދެން ޖެހުނު ސައިކަލު ދުއްވަން އިން 43 އަހަރުގެ ފިރިނެކަަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މީގެތެރެއިން އުމުރުން 43 އަހަރުގެ މީހާ އަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގައި ކަމަށާއި އަނެއް ދެ މީހުންނަށް ފަރުވާ ދެނީ އައިޖީއެމްއެޗުގައި ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *