ބޯކޮަށް ވާރޭވެހި 9 ރަށެއްގައި ފެން ބޮޑުވެއްޖެ، ޔެލޯ އެލާޓުގެ ވަގުތު އިތުރު ކޮށްފި

ބޯކޮަށް ވާރޭވެހި 9 ރަށެއްގައި ފެން ބޮޑުވެއްޖެ، ޔެލޯ އެލާޓުގެ ވަގުތު އިތުރު ކޮށްފި

މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ 9 ރަށެއްގައި ފެންބޮޑު ވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ފެންބޮޑުވި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ސ. މަރަދޫ، ސ. ފޭދޫ، ސ. ހިތަދޫ، ގއ. ދެއްވަދޫ، ޅ. ނައިފަރު، ޅ. ކުރެންދޫ، ކުޅުދުއްފުށި ސިޓީ، ހއ. ބާރަށް އަދި ހއ. ދިއްދޫ އެވެ.

އެންޑީއެމްއޭއިން ބުނީ ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ރަށްރަށަށް ލިބެމުންދާ ގެއްލުންތައް ކައިރިން ބަލަމުންދާ ކަމަށެވެ. 9 ރަށެއްގައި ފެންބޮޑުވި ނަމަވެސް އެއްވެސް އާއިލާއެއް، އެ އާއިލާ ދިރިއުޅެމުން އަންނަ ގެއިން އެހެން ގެއަކަށް ބަދަލު ކުރަންޖެހޭ ފަދަ ހާލަތަކަށް އައިސްފައިނުވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ރީނދޫ ސަމާލު ނެރެފައި ވާއިރު މިއަދު އެ އެލާޓުގެ ވަގުތު ވަނީ އިތުރު ކޮށްފައެވެ. ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ.

އެ ސަމާލަށް ފަހު ނެރުނު ސަމާލަކީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ނެރުނު ސަމާލެކެވެ. މިރޭ 19:00 އިން ދަންވަރު 01:00 އަށް ނެރުނު މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *