ފިތުނައާއި ނަފުރަތު އުފެއްދުމުގެ މާޒީ އިއާދަ ނުކުރުމަށް ނައިބު ރައީސް އެދިވަޑައިގެންފި

ފިތުނައާއި ނަފުރަތު އުފެއްދުމުގެ މާޒީ އިއާދަ ނުކުރުމަށް ނައިބު ރައީސް އެދިވަޑައިގެންފި

ސިޔާސީ ޕާޓީ ތަކުގެ ލީޑަރުން ރައްޔިތުންގެ މެދުގައި ނަފުރަތާއި ފިތުނަ އުފެއްދުމުގެ މާޒީ އަލުން އިއާދަ ނުކުރުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އެދިވަޑައިގެންފިއެވެ.
ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ ސިޔާސީ ލީޑަރުން އެ މީހުން ފިކުރުތައް ގެންގުޅެފައި ވަނީ ރައްޔިތުން ބޭނުންވި ގޮތަކަށް ނޫންކަން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން ސާފުވެފައިވާ ކަމަށެވެ.
“ރައްޔިތުން އަނެއްކާ ވެސް ބުނީ ނޫނެކޭ. ތިމަންނާމެން ބޭނުމެއް ނޫނޭ މާޒީ އިއާދަ ކުރާކަށް. އެއީ މާޒީން އަޅުގަނޑުމެންނަށް ލިބުނީ ވަރަށް ހިތި ތަޖުރިބާއެއް. އޭގެ ސަބަބުން އަޅުގަނޑުމެންގެ ޖީލެއް ހަލާކު ކޮށްލާފައި އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން އެތިބީ،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ސިޔާސީ ލީޑަރުންގެ އަމަލުތައް ހުންނަ ގޮތުގެ ސަބަބުން މުޖުތަމައުގައި އިޖުތިމާއީ ގިނަ މައްސަލަތެއް އުފެދިފައިވާ ކަމަށެވެ.
އެހެން ސިޔާސީ ލީޑަރުންނާ ހިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ހިފަހައްޓާނެ މިންގަނޑު ތަކެއް، އަސާސް ތަކެއް ހުންނާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *