މާފުށި ޖަލުގައި ޑްރަގް ގެންގުޅުނު މީހަކު 25 އަހަރަށް ޖަލަށް ލައިފައިފި

މާފުށި ޖަލުގައި ޑްރަގް ގެންގުޅުނު މީހަކު 25 އަހަރަށް ޖަލަށް ލައިފައިފި

މާފުށީ ޖަލުގައި ޑްރަގް ގެންގުޅުނު މީހަކު 25 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލްނ ކޯޓުން ދުވަހު ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި ޖަލަށް ލައިފައިވަނީ ކ. ގުރައިދޫ، މިނިވަންއައްސޭރި، މުހައްމަދު ފިޔާޒް އެވެ.

ދައުލަތުން ވިދާޅުވީ ފިޔާޒް، މާފުށި ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް 2016 ޖެނުއަރީ 5 ގައި މާފުށި ޖަލު އޭނާމަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން، މޯލްޑިވްސް ކަރެކްޝަންލް ސާވިސަސްގެ އޮފިސަރުން އޭނާ ބަލައި ފާސްކޮށް ވަނީ ބޮކްސާގެ ތެރެއިން މަސްތުވާތަކެތި ހޯދައިފައި ކަމަށެވެ. އެގޮތުން ޖުމްލަ 30 ގްރާމުގެ ޑައިމޯފިކް ހޯދައިފައިވާ ކަމަށް ދައުލަތުން ވިދާޅުވި އެވެ. އެހެންކަމުން ފިޔާޒުގެ މައްޗަށް ޑައިމޯފިން ޓްރެފިކްރުމުގެ ކުށުގެ ދައުވާ ކުރާ ކަމަށެވެ.

އެ ދައުވާއަށް ފިޔާޒް ވަނީ އިންކާރުކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ބެލި ގާޒީ އާމިނަތު އަޒްލިފާ، އޭނާގެ ރައުޔުގައި ވިދާޅުވީ، މަސްތުވާތަކެތި ފެނުނީ ފިޔާޒް ލައިގެން ހުރި ބޮކްސާގެ ތެރެއިންކަން ކަރެކްޝަންގެ އޮފިސަރުންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އަދި މަސްތުވާތަކެތި ފެނިފައިވަނީ ބޮކްސާގެ ތެރެއިން ކަމަށްވާތީ އެތަކެތި ހުރީ ފިޔާޒުގެ ބެލުމުގެ ދަށުގައިކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

އެހެންވެ ގާޒީ ހުކުމްކުރެއްވީ ފިޔާޒު 25 އަހަރަށް ޖަލަށްލައި 100،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައުލަތައް ދެއްކުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *