މާނިއު ވަކިކޮށް، ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް

މާނިއު ވަކިކޮށް، ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް

ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މުހައްމަދު އެ މަގާމުން ވަކިކޮށް، އެ މަގާމަށް ފާތިމަތު ދިޔާނާ މިއަދު އައްޔަން ކުރައްވައިފިއެވެ.
ކަސްޓަމްސްގެ ވެރިޔާގެ މަގާމަށް މާނިއު އައްޔަން ކުރެއްވީ 20 ނޮވެމްބަރު 2023 ގައެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ކަސްޓަމްސްގެ ވެރިޔާގެ މަގާމުން މާނިއު ވަކިކޮށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރައްވާފައިވާ ކަމަށެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ރައީސް އޮފީހަކުން ނުބުނެއެވެ.
އެ މަގާމަށް މިއަދު އައްޔަން ކުރެއްވި ދިޔާނާ ކުރިން ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމުގައެވެ. މިއީ ކަސްޓަމްސްގެ ތާރީހުގައި އެ މަގާމަށް އައްޔަން ބޭފުޅަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުން ބުނީ، ދިޔާނާ އެ މަގާމަށް އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *