ޝާހިދު، އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހަށް ވަޑައިގެންފި

ޝާހިދު، އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހަށް ވަޑައިގެންފި

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި އެވެ.

ޝާހިދު، އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މީގެ ދެ ދުވަސް ކުރިންނެވެ. އެއީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރެއްވުމުގެ ގޮތުން ޝާހިދު ކުރެއްވި ޒިޔާރަތަކެވެ.

ޝާހިދު ވަނީ އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ ހައުސް އޮފް ލޯޑްސް އޮފް ދަ ޔުނައިޓެޑް ކިންގްޑަމް ތާރިގު އަހުމަދުއާ ބައްދަލު ކުރައްވާފައެވެ. ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގެ ގުޅުން ހަރުދަނާ ކުރުމަށް، ތާރިގު ކުރެއްވި މަސައްކަތްތައް ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މީގެއިތުރުން މިއަދުގެ ވަގުތެއްގައި ޝާހިދު ވަނީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ އިތުރު ބައެއް މެންބަރުންނާ ބައްދަލު ކުރައްވައިފަ އެވެ. އެ މެންބަރުންނަކީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އެކިއެކި ދާއިރާ ތަކުން މަސައްކަތް ކުރައްވާ މެންބަރުން ކަމަށް ޝާހިދު ވިދާޅުވި އެވެ.ޝާ

ޝާހިދު ވަނީ މިދިޔަ މަހުގެ ތެރޭގައި ޗައިނާއަށް ވަޑައިގެން އެ ގައުމުގެ ރައީސް ޝީ ޖިން ޕިންއާ ވެސް ބައްދަލު ކުރައްވާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *