ތެދެކެވެ. ހެންދުނުގެ ނާސްތާއަށް ކުކުޅު ބިހަކީ ވަރަށް ރަނގަޅު އެއްޗެކެވެ. އަދި ތައްޔާރު ކޮށްލަންވެސް އެހާމެ ފަސޭހަ އެއްޗެކެވެ. ކޮންމެ ގެއެއްގެ ބަދިގެ ތެރޭގައިވެސް ކުކުޅު ބިސް ތިޔާގިވާނެވެ. ލިބުމުގައި ދަތި ކަމެއް ނުވެއެވެ. އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ތައްޔާރު ކުރެވޭ ގިނަ ކާނާގެ ބާވަތް ތަކުގައިވެސް ބިސް އެކުލެވެއެވެ. ފޮންޏެއް ކުޅިއެއް ކިޔާނެ ކަމެއް ނެތެވެ.
ކާނާގެ ކުކުޅު ބިސް މާގިނައިން ބޭނުން ކުރުން އެއީ ހަށިހަނޑަށް ފައިދާހުރި ކަމެއް ބާވައެވެ؟ މާގިނައިން ބިސް ކާނަމަ ދެން ކަންވެދާނެ ގޮތަކާއި މެދުގައި ވިސްނާލީމު ހެއްޔެވެ؟ ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް މިއީ ކޮންމެހެންވެސް އެނގެން ޖެހޭ ކަންތައް ތަކެކެވެ.
ބިހަކީ އޭގެން ގިނަ މާއްދާ ތަކެއް ހަށިގަނޑަށް ލިބިދޭ އެއްޗެކެވެ. އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވެއެވެ. އަދި ވިޓަމިންގެ ބާވަތްތަކާއި، މިނަރަލްސް، ކެލްސިއަމްގެ އިތުރުނ ދަގަނޑުގެ މާއްދާތައް ލިބެއެވެ. އާދައިގެ ކުކުޅު ބިހެއްގައި 180 މިލިގްރާމް ކޮލޮސްޓްރޯލް އެކުލެވެއެވެ. ކުރިން ޑޮކްޓަރުން ނަސޭހަތްތެރި ވަނީ ދުވާލަކު 300 މިލިގްރާމަށްވުރެ ގިނައިން ހަށިގަނޑަށް ކޮލޮސްޓްރޯލް އެތެރެ ނުކުރުމަށެވެ. ހިތުގެ ބަލި މީހެއްނަމަ މިއަދަދު 200 މިލިގްރާމަށްވުރެ މައްޗަށް ނުގެންދިއުމަށެވެ. ހަތަރު ބިސް ކައިފިނަމަ 720 މިލިގްރާމަށް އަރާނެއެވެ. ވީމާ އެއީ ސިއްހަތައް ވަރަށް ގެއްލުންހުރި ކަމެކެވެ.
ކޮލޮސްޓްރޯލް ހުންނަ އެއްޗެއް ކައިގެން ލޭގައި އޭގެ މިންވަރު މަތި ނުވެ ހިނގައިދާނެއެވެ. އެކަމަކު އެ އެއްޗެއްގައި ސެޗުރޭޓެޑް އަދި ޓްރާންސް ފެޓް ގެ އިތުރުން ކާބޯ ހައިޑްރޭޓްސް ހުރި މިންވަރަކުން އޭގެ ނުބައި އަސަރު ކުރެއެވެ. އެހެންވީމާ މާގިނައިން ބިސް ކަހަލަ ކޮލޮސްޓްރޯލް ހުންނަ ކާނާ ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ.
3 Responses
https://youtu.be/8H7ZGIDmuIw?si=k8zJZ5vWAsg8O83v
Mi ee varah aanmu vaahaka akah viyass mizamaanakah mee rangalhu vaahaka eh noon.
Cigarette aai refined foods aai fast foods aai sunflower seed oil ge gehlumuge vaahaka dhahkan maa aulaakan bodu kamah mihaaru science verin buney. Ekamaku pharmaceuticals industry aai refined highly processed food industry evaahaka ohbaalan varah massakaiy kurey.
Hama varah baraabaru vaahaka meega othy. Maa ginain bis kaakah nuvaane dho. Ekam dho e bune dhenee
Varah rangalhu mauloomaathu libijje. Liyuntheriyaa ah varah bodah shukuriyyaa