ކުރީގެ ރައީސް އިބްރާހިމް މުޙަންމަދު ސޯލިހާއި ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް

ފަލަސްތީނަށް އަމިއްލަ ވަންތަކަން ލިބިގެން ދިޔުމަކީ ދިވެހިން ހިތުގެ އަޑިން ބޭނުންވާ ގޮތް: އިބޫ

ފަލަސްތީނަށް އަމިއްލަ ވަންތަކަން ލިބިގެން ދިޔުމަކީ ދިވެހިން ހިތުގެ އަޑިން ބޭނުންވާ ގޮތް: އިބޫ

ފަލަސްތީނަށް އަމިއްލަ ވަންތަކަން ލިބިގެން ދިޔުމަކީ އަބަދުވެސް ދިވެހިން ހިތުގެ އަޑިން ބޭނުންވި ގޮތް ކަމުގައި ކުރީގެ ރައީސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އދ.ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް، އދ. ގެ އާންމު މަޖިލީހުން ފާސްކުރުމާއި ގުޅިގެން، އިބޫ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށް އާންމު މަޖިލީހުން ފާސްވެގެން ދިޔުމަކީ ފަލަސްތީނުގެ އަމިއްލަވަންތަ ކަމަށް އެޅިގެންދިޔަ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

"ފަލަސްތީނަށަ އަމިއްލަ ވަންތައްކަން ލިބިގެން ދިޔުމަކީ އަޅުގަނޑުމެން ދިވެހިން ހިތުގެ އަޑިން ބޭނުންވާ ގޮތް” އިބޫ ވިދާޅުވިއެވެ.

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް އދ.ގެ އާންމު މަޖިލީހުން ފާސްކުރީ ރޭ އޮތް އާންމު މަޖިލީހުގެ ބައްދަލުވުމެއްގައެވެ.

އދ.ގައި އިއްޔެ ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި ޔޫއޭއީ އިން ވަނީ "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ޤަރާރެއް ކުއްލި ބައްދަލުވުމަށް ހުށަހަޅައިފައެވެ. ރާއްޖެއިން ވަނީ އެ ޤަރާރު ކޯ ސްޕޮންސާރ ކޮށްފައެވެ. ކުއްލި ބައްދަލުވުން ބާއްވާފައި ވަނީ ފަލަސްތީނުން އދ.ގެ ފުރިހަމަ މެމްބަރަކަށް ވުމަށްޓަކައި އަލްޖީރިއާއިން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރަށް އެމެރިކާއިން ދެކޮޅަށް ވޯޓުލައި އެކަން ހުއްޓުވާފައި ވާތީއެވެ.

އދ.ގެ ސަލާމަތީ މަޖިލީހަށް އެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާނުކުރުވޭ ހާލަތެއްގައި މެމްބަރު ގައުމު ތަކުން ކުއްލި ބައްދަލު ވުމަކަށް ގޮވާލެވޭނެއެވެ.

ރޭ އެ ޤަރާރަށް ނެގި ވޯޓުގައި 143 ގައުމަކުން ވަނީ ޤަރާރަށް ތާއީދު ކޮށްފައެވެ. ޤަރާރާ ދެކޮޅަށް 9 ގައުމަކުން ވޯޓުދިންއިރު، އެއްވެސް ކޮޅަކަށް ވޯޓު ދޭން 25 ގައުމަކުން ބޭނުމެއް ނުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *