މަސައްކަތް ކުރަންވީ ކުޑަކުދިންނަށް ހިނިތުންވުން ގެނުވާނެ ދުނިޔެއެއް ގެނެސްދޭން: އިބޫ

މަސައްކަތް ކުރަންވީ ކުޑަކުދިންނަށް ހިނިތުންވުން ގެނުވާނެ ދުނިޔެއެއް ގެނެސްދޭން: އިބޫ

ހުރިހާ ރައްޔިތުންވެސް މަސައްކަތް ކުރަންވީ ކުޑަކުދިންނަށް ހިނިތުންވުން ގެނުވާނެ ދުވަސް ތަކެއް ގެނެސް ދިނުމަށް ކަމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައި އިބޫ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުދިންގެ ހުވަފެންތަށް ހަގީގަތަކަށް ހަދައި ދިނުމަށް ހުރިހާ މީހުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"ހުރިހާ ކުދިންނަށް އުފާވެރި ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ދަންނަވަން. އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންވީ ކުޑަކުދިންނަށް ހިނިތުވުން ގެނެސްދޭ، އަދި އެ ކުދިންގެ ހުވަފެންތަށް ހަގީގަތަކަށް ވާނެ ދުނިޔެއެއް ގެނެސް ދިނުމަށް" އިބޫ ވިދާޅުވިއެވެ.

އިބޫ ފާހަގަ ވެފައި ވަނީ ކުޑަކުދިންނާމެދު ވަރަށް ހިތްތިރި އަދި އެ ކުދިންނާމެދު ކުލުނުވެރި ކަމާއެކު ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ރޯދަ މަހުގައި ތާރާވީސް ނަމާދަށްފަހު މިސްކިތުން ފައިބާ ކުދިންނާއެކު އިބޫ ބައެއް ރޭތަކުގައި ރިޔާސީ ގަނޑުވަރުގައި ވަގުތު ކޮޅެއް ހޭދަ ކުރައްވައެވެ. އަދި އީދު ދުވަސް ފަދަ ޚާއްސަ ދުވަސް ދުވަހު ރިޔާސީ ގަނޑުވަރަށް ކުޑަކުދިން ގެންދަވައި އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަ ކުރައްވައެވެ. ރަށްރަށް ވަޑައިގަންނަވާއިރުވެސް ކުދިންނަށް ޚާއްސަ ސަމާލުކަމެއް ދެއްވާ އެ ކުދިންނާ ހިނުތުންވުމާއެކު ވާހަކަ ދައްކަވައެވެ.

އިބޫގެ ވެރިކަމުގައި ވަނީ ކުޑަކުދިންގެ ހައްގުތަށް ހިމާޔަތް ކުރުމަށް ގިނަ މަސައްކަތް ތަކެއް ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *