ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗުން 13 ބިމެއް ވިއްކަނީ، އެންމެ ދަށް އަގު 7.4 މިލިއަން ރުފިޔާ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗުން 13 ބިމެއް ވިއްކަނީ، އެންމެ ދަށް އަގު 7.4 މިލިއަން ރުފިޔާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗު ސައިޑުން 13 ބިމެއް ވިއްކާލަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ދިރިއުޅުމަށް ވިއްކާލާ އެ ބިން ތަކުގެ ތެރޭގައި ހިމެނެނީ 1،864 އަކަފޫޓާއި 2،408 އަކަފޫޓާ ދެމެދުގެ ބިން ތަކެވެ. ބިން ތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4,000ރ. އެވެ. އެއީ 1،864 އަކަފޫޓުގެ ބިމަކަށް ބަލާނަމަ 7.45 މިލިއަން ދިވެހި ރުފިޔާއެވެ. އެންމެ ބޮޑު ބިމަކަށް ބަލާނަމަ 9.6 މިލިއަން ރުފިޔާ އެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި ބިން ވިއްކުން ކުރިއަށް ގެންދާނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. މިއަދު ހުޅުވާލީ ބިން ވިއްކުމުގެ ދެ މަރުހަލާގެ ތެރެއިން ފުރަތަމަ މަރުހަލާ ކަމަށްވާ ޝައުގުވެރިކަން ފާޅު ކުރުމަށެވެ. ދެވަނަ މަރުހަލާގައި އޮންނާނީ ޝައުގުވެރިކަން ފާޅުކުރާ މީހުންގެ ތެރެއިން ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައި ވާނަމަ ބިޑު ކުރުމެވެ.

އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކުރިމަތިލެވޭއިރު ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އަދި ކުންފުނީގެ ގޮތުގައި ކުރިމަތިލެވޭނީ ސައްތައިން ސައްތަ ދިވެހި ކުންފުނި ތަކަށް ކަމަށްވެސް ބުނެފައިވެއެވެ.

ހުޅުމާލެއިން 13 ބިމެއް ވިއްކުމަށް މިއަދު ހުޅުވާލިއިރު 15 ބިމެެއް ވިއްކުމަށް އެޕްރީލް 2023 ގައާއި ޑިސެމްބަރު 2021، ގައި 60 ބިމެއް ވިއްކުމަށް ވެސް ހުޅުވާލިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *