ހިލޭ ބޯންމެރޯ ހަދަން ފޮނުވި ދެ ކުއްޖެއްގެ އޮޮޕަރޭޝަން ކާމިޔާބު

ހިލޭ ބޯންމެރޯ ހަދަން ފޮނުވި ދެ ކުއްޖެއްގެ އޮޮޕަރޭޝަން ކާމިޔާބު

ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވި 5 ކުދީންގެ ތެރެއިން ދެ ކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅު ވެއްޖެއެވެ.

ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޚަލީލު ވިދާޅުވީ އޮޕަރޭޝަން ކާމިޔާބުވި ދެ ކުދިން ހޮސްޕިޓަލުން ދޫކޮށްލައިފައިވާ ކަމަށެވެ. އެ ދެ ކުދީން މިހާރު ތިބީ އިތުރު އޮބްޒަވޭޝަނަށް އެކޮމޮޑޭޝަންގައި ކަމަށް ވިދާޅުވިއެވެ. ޚަލީލު ވިދާޅުވީ ބާކީ ތިބި 3 ކުދިންގެ ބޯންމެރޭ ހެދުމުގެ ކަންކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.

މި އަހަރުގެ ތެރޭގައި 10 ކުދިން ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށާއި ފުރަތަމަ 5 ކުދިން މި އަހަރުގެ މެދުތެރޭގައި، އަދި ބާކީ 5 ކުދިން އަހަރުގެ ފަހުކޮޅުގައި ބޯންމެރޭ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް ހަލީލު ވިދާޅުވިއެވެ.

މީގެކުރިން ބޯންމެރޯ ކްރޮސްމެޗް ޓެސްޓަކީ ވަރަށް ދަތި ހާލުން ހެދޭ އެއްޗެއްކަން ފާހަގަ ކުރައްވައި، ހަލީލު ވިދާޅުވީ ބޯންމެރޯ މެޗް ކުރުމަށް ހަދާ ޓެސްޓު ވެސް ޑޯނާއާއި ބަލިމީހާ ރާއްޖެއިން ބޭރަށް ގޮސްގެން ނޫނީ ނުހެދޭ ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މިހާރު ރާއްޖޭގައި ތިބެގެން އެ ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ހަލީލު ވިދާޅުވިއެވެ.

މިދިޔަ މާޗު މަހުގެ ހަތެއްގައި އެންމެ ފުރަތަމަ ކުރެވުނު ބޯންމެރޯ ޓެސްޓް 13 ފަރާތެއް ހަދާފައިވާ ކަމަށް ހަލީލު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *