ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑަށް އަށް އައްޔަން ކުރެއްވި، ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން މިއަދު ރުހުން ދީފިއެވެ. އެ ބޭފުޅުންނަކީ…
1- ހަމްދީ އަގީލް ހ. ރަންގަލި – ބޯޑުގެ ރައީސް
2- މުހައްމަދު އާޒާދު ހއ. ކެލާ ކޮކާގެ – މެންބަރު، ފައިނޭންސް ދާއިރާ
3- ލީނާ އަބްދުލް ޖަލީލު މ. ބްލޫ އޯޝަން – މެންބަރު، ބޭންކިންއިން ދާއިރާ
4- މޫސާ ފަތުހީ އާދަމް ށ. ކޮމަންޑޫ ރަންކޮކާގެ – މެންބަރު، ބިސްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ
5- އަހުމަދު ރަޝާދު ގ. މައްސާގުގެ – ޤާނޫނީ ދާއިރާ
6- ހަސަން ޒަރީރު ހުޅުމާލެ ފްލެޓް – އިކޮނޮމިކް ދާއިރާ
މިބޭފުޅުނަށް ކޮމިޓީން ރުހުން ދިންކަމުގެ ރިޕޯޓް ދެން ފޮނުވާނީ މަޖިލިސް ތަޅުމަށެވެ. އެ ރިޕޯޓާމެދު ދެން ގޮތެއް ނިންމާނީ މަޖިލިސް ތަޅުމުންނެވެ.