ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް ހީނާ އައްޔަން ކުރައްވައިފި

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް ހީނާ އައްޔަން ކުރައްވައިފި

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް ނޭޝަނަލް ސޯޝަން ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯއަކަށް ހުންނެވި ހީނާ ވަލީދު އައްޔަން ކުރައްވައިފިއެވެ.

މިއީ ރައީސް އޮފީހުގެ ތަރުޖަމާނުގެ އަންހެން ބޭފުޅަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ. ރައީސް އޮފީހުން މިއަދު ބުނީ ހީނާ އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު ކަމަށެވެ. އަދި އޭނާ ތަރުޖަމާނުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ، މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ގޮތަށް ކަމަށާއި ރައީސް އޮފީހުގެ ތަރުޖަމާނުގެ ގޮތުގައި ހީނާ މަސައްކަތް ކުރައްވަނީ މުސާރަ ނުނަންގަވާ މަގާމެއްގެ ގޮތުގައި ކަމަށެވެ.

ހީނާ ވަނީ މީގެކުރިން ޕީއެސްއެމްގެ ހެޑް އޮފް ނިއުސްގެ މަގާމުވެސް އަދާކުރައްވާފައެވެ. އޭނާއަކީ ޕީޕީއެމް/ޕީއެންސީގެ ވެސް ޗީފް ސްޕޯކްސް ޕާސަންއެވެ. އަދި ކުރީގެރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހީނާ ވަނީ ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައެވެ.

ހީނާ ވަނީ މާސް ކޮމިއުނިކޭޝަން ޖާނަލިޒަމް އެންޑް އެޑްވަޓައިސްމަންޓްގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *