ކޮޕް31 ގައި ބައިވެރިވުމަށް ރައީސް ތުރުކީވިލާތަށް ފުރާވަޑައިގެންފި

ކޮޕް31 ގައި ބައިވެރިވުމަށް ރައީސް ތުރުކީވިލާތަށް ފުރާވަޑައިގެންފި

ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަންގައި (ކޮޕް31) ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތުރުކީވިލާތުގެ އަންތާލިޔާއަށް ފުރާވަޑައިގަތެވެ.

މި ސަމިޓް ކުރިއަށްދާނީ މިއަދުން އަންނަ ހޮނިހިރު ދުވަހަށެވެ. ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި ރައީސް ދިވެހިރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވަވާނެ ކަމަށެވެ. އަދި ސަމިޓުގެ ހަވާސާގައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެ، އެހެން ގައުމުތަކުގެ ވެރިންނާއެކު ދެފަރާތީ ބައްދަލުވުންތަކެއްވެސް ބާއްވަވާނެ ކަމަށް ހަމަޖެހިފައިވެއެވެ.

ކޮޕް ސަމިޓަކީ 1992 ވަނަ އަހަރު އުފެދުނު ޔޫއެންއެފްސީސީސީ މުޢާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. މޫސުމީ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ލީޑަރުންނާއި މެންބަރު ގައުމުތަކުގެ މަންދޫބުން މިތަނަށް އެއްވެއެވެ. ވިޔަފާރިވެރިންނާއި ޒުވާނުން، ސައިންސްވެރިން އަދި މަދަނީ ޖަމުޢިއްޔާތަކުންވެސް ތަޖުރިބާތަކާއި ހޯދުންތައް ހިއްސާކުރުމަށް މި ސަމިޓުގައި ބައިވެރިވެއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *