ހދ. ހަނިމާދޫއާ 2250 ކިލޯމީޓާ ދުރުން ބިން ހެލުމެއް އައިސްފައިވާ ކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖީ (ނެޓް) އޮފީހުން ބުނެފިއެވެ.
އެ ސެންޓަރުން ބުނީ ރޭ ފަތިހު 4:01 އެހާކަންހާއިރު މި ބިންހެލުން އައިސްފައި ވަނީ އިންޑިޔާ ރީޖަންގެ އަންޑަމަން އައިލެންޑްސްއަށް ކަމަށެވެ. އެއީ 5.1 މެގްނިޓިއުޓްގެ ބިން ހެލުމެއް ކަމަށާއި، މި ބިން ހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަކަށް ނުބެލެވޭ ކަމަށްވެސް މެޓްއޮފީހުން ބުންޏެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އައްޑޫ ސިޓީ ކައިރީގައި އޮންނަ ކާލްސްބާގް ރިޖަށްވެސް ބިންހެލުމެއް ވަނީ އައިސްފައެވެ. ރާއްޖެ ގަޑިން ހަވީރު 4:46 ގައި އެތަނަށް ބިންހެލުން އައިސްފައި ވަނީ 5.6 މެގްނިޓިއުޑު ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. ކާލްސްބާގް ރިޖް އޮންނަނީ އައްޑޫ ސިޓީއާ 894 ކިލޯމިޓަރު ދުރުގައެވެ. އެ ބިންހެލުމުގެ ނުރައްކަލެއް ވެސް ރާއްޖެއަކަށް ނުކުރެއެވެ.