ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނު މީހަކު ހިފަހައްޓައިފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނު މީހަކު ހިފަހައްޓައިފި

ގިނަ އަދަދެއްގެ މަސްތުވާ ތަކެތި ރާއްޖެ އެތެރެކުރަން އުޅުނު ޕާކިސްތާނު މީހަކު އަތުލައިގެންފިއެވެ.

އޭނާ އަތުލައި ގަތުމަށްފަހު ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އެ މައްސަލައިގެ ތަހުގީގަށް އޭނާ 30 މުއްދަތަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

މި މައްސަލައިގައި ކޯޓަށް ހުށަހަޅާފައިވާ ފުލުހުންގެ ބަޔާނުން ހާމަވާގޮތުގައި، ޕާކިސްތާނު މީހެއް ކަމަށްވާ 56 އަހަރުގެ އަބްދުއްލަތީފް ބަލޮޗް ރާއްޖެ އައިއިރު އޭނާ ގެނައި ދަބަހަކުން ފަސްކިލޯއަށްވުރެން ބަރު ދަންހުރި މަސްތުވާތަކެތި ވަނީ ފެނިފައެވެ.

އެހެން ކަމުން އޭނާ ބަންދު ކުރަން ކޯޓުން އަމުރުުރީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އާއި އޭނާ ފިލައިފާނެ ކަމަށްޓަކައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *