ގެއްލުނު އަންހެން މީހާ ފެނިއްޖެ

ގެއްލުނު އަންހެން މީހާ ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ ފެނިއްޖެއެވެ.
ފުލުހުން ހޯދަމުން ދިޔައީ ގއ. ދާންދޫ/ ނޫވިލާ، ޝަޒިއްޔާ އިބްރާހިމް، 44އ. އެވެ.
އޭނާ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ފުލުހަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ 10:55 ހާއިރެވެ. އޭނާ ގެއްލިގެން އާއިލާއިން ރިޕޯޓް ކުރީ އޭނާގެ ފޯނަށް ނުގުޅޭތާ ތިން ހަފުތާ އަށްވުރެ ގިނަ ދުވަސް ވެސް ވެފައިވާތީއެވެ.
ފުލުހުން ރޭ ބުނީ ޝަޒިއްޔާ ރޭ 11:10 އެހާކަންހާއިރު މާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *