ހަށިވިއްކުމުގެ މައްސަލަތަކުގައި ހަތަރު އަހަރުތެރޭ 99 މީހުން ހައްޔަރުކުރި

ހަށިވިއްކުމުގެ މައްސަލަތަކުގައި ހަތަރު އަހަރުތެރޭ 99 މީހުން ހައްޔަރުކުރި

ހަށިވިއްކާ ތަންތަނަށް އަމާޒުކޮށް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ހިންގި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 99 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިިސާބުތައް ހާމަކުރެއްވީ ހޯމް މިނިސްޓަރ އިމްރާނާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލުގެ ޖަވާބުގައެވެ.

އޭނާގެ ސުވާލުގައި ވަނީ ވަނީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އުޅޭ ބިދޭސީންގެ ފަރާތުން އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވާ މައްސަލަތައް ހުއްޓުވުމަށް ގާނޫނާ ހިލާފު ކަންކަން ހުއްޓުވުމަށް ފާއިތުވި ތިން އަހަރު ކުރި މަސައްކަތްތަކީ ކޮބައިކަން ސާފުކޮށް ދެއްވުމަށެވެ. އެ ސުވާލަށް ލިޔުމުން ދިން ޖަވާބުގައި ބުނެފައި ވަނީ، ހަށިވިއްކުމާއި ގުޅޭ ކަންކަން ދެނެގަނެ ހުއްޓުވުމަށްޓަކައި އެފަދަ އަމަލުތައް ހިންގާ ތަންތަނަށް ޓާގެޓްކޮށް އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށެވެ.

އޭގެ ތެރެއިން ކާމިޔާބު ކުރެވުނު އޮޕަރޭޝަންތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އެގޮތުން 2022 ވަނަ އަހަރު އެފަދަ ތިން އޮޕަރޭޝަނެއްގައި 14 މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އަދި އޭގެ ކުރީ އަހަރު ހަތް އޮޕަރޭޝަނެއް ހިންގާ 28 މީހަކު ހައްޔަރު ކުރިއިރު، 2020 ވަނަ އަހަރު 9 އޮޕަރޭޝަނެއް ހިންގާ 25 މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އަދި 2019 ވަނަ އަހަރު 14 އޮޕަރޭޝަނެއް ހިންގާ 32 މީހަކު ހައްޔަރު ކޮށްފައި ވެއެވެ.

ފުލުހުން ވިދާޅުވިގޮތުގައި، ހަށިވިއްކުމާއި، ދުވަހު ކުއްޔަށްދޭ ތަންތަނުގައި ބިދޭސީން ހިންގާ އެތަންތަނުގައި މަންފާ ހާސިލް ކުރަމުންދާއިރު، އެތަންތަނުގައި ހަށިވިއްކުމުގެ އަމަލުތައް ހިންގުމާއި، ޖުވާ ކުޅުން ފަދަ ކަންކަން ވިޔަފާރީގެ އުސޫލުން ހިންގި ނަމަވެސް، އެކަންކަން ރެގިއުލޭޓް ކުރަން ޖެހޭ ފަރާތްތަކުން ނުކުރުމުގެ ސަބަބުން އެކަންކަމަށް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ.

މާލެ އަތޮޅުތެރޭގައި ވާކް ޕާމިޓް އާއި ވިސާނެތި އަދި ގާނޫނާއި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ފަރާތުން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރިމަތިވާ ކަންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ހަށިވިއްކުމާއި ޖުވާކުޅުމާއި މަސްތުވާތަކެތި ބޭނުންކުރުން ހިމެނެއެވެ.

ފައިސާ ހޯދުމަށް މަގުމަތީގައި ބިދޭސީން ސަލާންޖަހަމުންދާ ކަމަށާއި ޕާކިން ޒޯންތަކުގައި ސައިކަލު ސާފުކުރުމަށްޓަކައި އާންމުންގެ ފަހަތު ދުވާކަން ވަނީ ފާހަގަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *