ރިޔާސީ އިންތިޚާބަށް ރިސޯޓްތަކުގެ މުވައްޒަފުންގެ މަޢުލޫމާތު އެއްކުރަން ފަށައިފި

ރިޔާސީ އިންތިޚާބަށް ރިސޯޓްތަކުގެ މުވައްޒަފުންގެ މަޢުލޫމާތު އެއްކުރަން ފަށައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރިސޯޓުތަކުން ވޯޓުލެވޭ މީހުންގެ މަޢުލޫމާތު އެއްކުރަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެންގުމަކަށް ޓޫރިޒަމް މިނިސްޓްރީންވަނީ ރިސޯޓްތަކަށް ސާރކިއުލާއެއް ފޮނުވާފައެވެ. އޭގައި ވަނީ އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން އަންނާތީ ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ޖުމްލަ ޢަދަދު ބޭނުންވާކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބުގައި ވާޯތުލެވޭނެ މީހުންގެ މަޢުލޫމާތު ބޭނުންވާއިރު، އޭގެތެރޭގައި އަންނަ އަހަރުގެ ސެޕްޓެމްބަސރު މަހުގެ 30އަށް 18 އަހަރު ފުރޭ ދިވެހި މުވައްޒަފުންވެސް ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮންމެ ރިޔާސީ އިންތިޚާބަކަށް ރިސޯޓްތަކުގައި ވޯޓުފޮށި ބަހައްޓައެވެ. ރިސޯޓްތަކުގައ ވޯޓްފޮށި ބަހައްޓާނީ ވޯޓުލުމަށް ރަޖިސްޓްރީވާ މީހުންގެ ނިސްބަތަށް ބަލައިގެންނެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *