އިސްލާމީ ފަތުވާ ކައުންސިލް ވަޅުލާފައި، އިސްލާމްވީ ދުވަސް ފާހަގަކުރާތީ ދެކޮޅެއް ނުޖެހޭ: ޑރ.ޝަހީމް

އިސްލާމީ ފަތުވާ ކައުންސިލް ވަޅުލާފައި، އިސްލާމްވީ ދުވަސް ފާހަގަކުރާތީ ދެކޮޅެއް ނުޖެހޭ: ޑރ.ޝަހީމް

ދައުލަތުގެ އިސްލާމީ ފަތުވާދޭ ކައުންސިލް ވަޅުލާފައި ބޭއްވުމަށްފަހު ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުމަށް ރޭ ހޯމް މިނިސްޓްރީން ބޮޑު ޖަލްސާއެއް ބާއްވާފައި ވަނިކޮށެވެ. ޝަހީމް ވިދާޅުވީ ރާއްޖޭގައި އިސްލާމީ އެއްބައިވަންތަކަން ގާއިމް ކުރުމަށްޓަކައި ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އަސާސް ކަމުގައިވާ އިސްލާމީ ފަތުވާދޭ ކައުންސިލް ވަޅުލާފައި ބޭއްވުމަށްފަހު މިފަދަ ދުވަހެއް ބާއްވަން އެއްޖެ ޖަލްސާ ކުރުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫންކަމަށެވެ.

ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ޤާއިމް ކުރުމަށްޓަކައި ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އެއް އަސާސް ކަމުގައިވާ (ދައުލަތުގެ އިސްލާމީ ފަތުވާ ކައުންސިލް) ވަޅުލާފަ ބާއްވާފަ އިސްލާމްވި ދުވަސް ފާހަގަ ކުރަން އެއްވެ ދީނީ އެއްބައިވަންކަމުގެ ވާހަކަ ދެއްކީމަ ދެކޮޅު ނުޖެހޭ.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާ ނުލާތާ އެތައް ދުވަހެއް ވެގެންދާއިރު ސަރުކާރުން ބުނެފައިވަނީ ފަތުވާދޭ މަޖިލިސް އެކުލެވިގެން ގޮތަށް ބަދަލު ގެނެސް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު މުރާޖަޢާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި އެފަރާތްތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދެއްވުމާއި، ރައްޔިތުންގެ ދީނީ ޚިޔާލު ތަފާތުވުންތައް އުފެދޭ މައްސަލަތައް ދެނެގަނެ އެކަންކަމުގެ ދިރާސާކޮށް އެމަޖިލީހުގެ ފަތުވާ ޢާންމުންނަށް ލިބޭނެގޮތް ހެއްދެވުން ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *