ކުށެއް ކޮށްފައިވާ މީހުންނަށް ވޯޓު މަރުކަޒުތަކުގައި ހަރަކާތްތެރި ނުވެވޭގޮތް ހަދައިފި

ކުށެއް ކޮށްފައިވާ މީހުންނަށް ވޯޓު މަރުކަޒުތަކުގައި ހަރަކާތްތެރި ނުވެވޭގޮތް ހަދައިފި

އިލެކްޝަންސް ކޮމިޝަނުން މެދުވެރިވެގެން ބާއްވާ އިންތިޚާބުތަކުގައި، އޮބްޒާވަރެއް ނުވަތަ މޮނީޓަރެއް ނުވަތަ ކެންޑިޑޭޓެއްގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އިންތިޚާބީ ކުށެއް ކޮށްފައިވާނަމަ އެމީހަކަށް އިންތިޚާބުގައި ހަރަކާތްތެރި ނުވެވޭގޮތް ހަދައިފިއެވެ.

އިންތިޚާބުތަކުގައި ހަރަކާތްތެރިވާ މީހެއްގެ ޝަރުތުތައް:

1-  އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
2-  ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
3-  އެ އިންތިޚާބަކާބެހޭ އެއްވެސް މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
4-  ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް/ ވެރިއެއް ކަމުގައި ނުވުން.
5-  ދިވެހި ފުލުހެއް ކަމުގައި ނުވަތަ ސިފައިންގެ މީހެއް ކަމުގައިނުވުން.
6-  ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައިނުވުން.
7-  އިންތިހާބުގައި އިތުރު މަގާމަކަށް ކުރިމަތިލައިފައިވާ މީހެއް ކަމުގައިނުވުން.

އިލެކްޝަންސް ކޮމިޝަނުން އިންތިޚަބުތަކާއި ބެހޭ އާންމުޤަވާއިދަށް ގެނައި އިޞްލާހުގައި ވަނީ އިންތިޚާބުތަކުގައި އޮބްޒާވަރެއް ނުވަތަ މޮނިޓަރެއް ނުވަތަ ކެންޑިޑޭޓުން އަދި މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ މީހަކީ އޭނާގެ މައްޗަށް އިންތިޚާބީ ކުށެއް، ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއްނަމަ، ނުވަތަ އިންތިޚާބުގައި ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ސާބިތުވެފައިވާ މީހެއްނަމަ، އެ މީހަކަށް އިންތިޚާބުގައި އޮބްޒާވަރެއްގެ ގޮތުގައި، ނުވަތަ މޮނިޓަރެއްގެ ގޮތުގައި، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ އިޚްތިޔާރު، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *