އިސްލާމީ އުންމަތް ނެގެހެއްޓުމުގައި އަންހެނުންގެ ދައުރު ބޮޑު: ޑރ.ޝަހީމް

އިސްލާމީ އުންމަތް ނެގެހެއްޓުމުގައި އަންހެނުންގެ ދައުރު ބޮޑު: ޑރ.ޝަހީމް

އިސްލާމީ އުއްމަތް ނެގެހެއްޓުމުގައި އަންހެނުންގެ ދައުރު ބޮޑުކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޜަެ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުންދާ އަންހެނުންގެ ދުވަހާއި ގުޅިގެން ޑރ.ޝަހީމް ވަނީ އަންހެނުންގެ ޙައްޤުތައް ހޯދައިދީ މިނިވަންކުރުމުގެ ނަމުގައި، އެކަނބަލުންގެ ދީނާއި އަބުރާ ކަރާމަތު ގެއްލޭ ގޮތައް ހިނގޭ ކަންކަމުން މުސްލިމު އަންހެނުން ދުރުވާންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ކާމިޔާބާއި ފަލާޙު ލިބިގަތުމަށް އިސްލާމްދީނުގެ އުޞޫލުތަކުގައި ދެމި ތިބުމަށް ޢަޒުމް ކަނޑައަޅަންޖެހޭކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ބޭސްވެރިކަމާއި އަތްތެރި މަސައްކަތްތަކާއި ދަނޑުވެރިކަމާއި ވިޔަފާރިއާއި މި ނޫންވެސް ތަފާތު ދާއިރާތަކުގައި ރަސޫލާގެ ޙަޔާތްޕުޅުން ފެށިގެން އިސްލާމީ އުންމަތުގައި އަންހެނުންބައިވެރިވެފައިވާކަމަށާއި، ބައިޢަތުލްޢަޤަބާއާއި ޙަބަޝާއާއި މަދީނާގެ ހިޖުރައާއި އިސްލާމީ ދައުލަތް ޤާއިމުކޮށް ޢަޤީދާ ދިފާޢުކުރުމާއި އިސްލާމީދައުވަތާއި ޢިލްމާއި ފިކުރާއި ޘަޤާފަތު ފަތުރައި އިސްލާމީ އުންމަތް ނެގެހެއްޓުމުގައި އިސްލާމީ އަޚުލާޤުގެ އިމުގެ ތެރޭގައި ތިބެ އަންހެނުން ބައިވެރިވެފައިވާކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަށް ލިބެމުންދިޔަ އަނިޔާތަކާ ދެކޮޅަށް ޤުރުއާނުގެ އާޔަތްތައް ބާވާލެއްވުނު، ކީރިތި ޤުރުއާނާއި ސުންނަތުގައި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކޮށްފައިވާ މިންވަރަށް ދުނިޔޭގެ އެހެން އެއްވެސް ޤާނޫނެއްގައި ޙިމާޔަތްކޮށްފައި ނުވާކަމުގައިވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމަކީ މިފަދަ ކަންކަމުގައި އަބަދުވެސް ދީނީ ގޮތުން އޮންނަ ގޮތާއި، ކަންކަން އޮޅުން ފިލުވައި ދިނުމަށް ވަރަށް ގިނައިން މައުލޫމާތު ފަތުރާ އެކަމުގެ ތަފްސީލް ދެއްވާ ބޭފުޅެކެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހެއް ފާހަގަކުރުމުގެ މަޤްސަދަކީ، އަންހެނުންނަށް ލިބިފައިވާ ހައްޤުތައް ކަށަވަރުކުރުމަށާއި އަންހެނުންގެ ޙާލަތު ރަނގަޅު ކުރުމަށް އެކި ދާއިރާތަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ދިވެހިރާއްޖޭގައި އަންހެނުން ބާރުވެރި ކުރުމަށާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *