ގުޅަ ތެލުލާއިރު ރަނގަޅަށް ނުބައްދާ ތެޔޮގަނޑަށް އަޅައިފިނަމަ ހޫނުތެޔޮ ގަޔަށްބުރާފާނެ: އާޒިމް

ގުޅަ ތެލުލާއިރު ރަނގަޅަށް ނުބައްދާ ތެޔޮގަނޑަށް އަޅައިފިނަމަ ހޫނުތެޔޮ ގަޔަށްބުރާފާނެ: އާޒިމް

ގުޅަ ތެލުލާއިރު ރަނގަޅަށް ނުބައްދާ ތެޔޮ ގަނޑަށް އަޅައިފިނަމަ ހޫނު ތެޔޮ ގަޔަށް ބުރާފާނެ ކަމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ ރާއޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ރައީސް މުހައްމަދު ނަޝީދު ކުރެއްވި މަސައްކަތާއި ދެކޮޅު ހެއްދެވުމަށްފަހު ރޭ ރައީސް ޞާލިހުއާއިއެކު ބޭއްވި ބައްދަލުވުމާއި ގުޅިގެން ބައެއް ބޭފުޅުން ގުޅުއްވައި އަދި މެސެޖްކޮށް ހައްދަވާތީ ކުރެއްވި ޓްވީޓެއްގައި އާޒިމް ވިދާވީ އޭނާގެ ބައްޕަ އަބަދުވެސް އޭނާކައިރީގައި ގުޅަ ތެލުލާއިރު ރަނގަޅަށް ނުބައްދައި ތެލުލައިފިނަމަ އޭގެ ހޫނު ތެޔޮ ގަޔަށް ބުރާފާނެ ކަމަށް ވިދާޅުވާކަމަށެވެ.

ބައްޕަ އަބަދުވެސް ވިދާޅުވާ ވާހަކައެއް، ގުޅަ ތެލުލާއިރު ރަނގަޅަށް ނުބައްދާ ތެޔޮ ގަނޑަށް އަޅައިފިނަމަ ހޫނު ތެޔޮ ގަޔަށް ބުރާފާނެޔޭ.

– އާޒިމް ވިދާޅުވިއެވެ.

އާޒިމްއަކީ މިހާތަނަށް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއީދުކޮށް ރައީސް ޞާލިހާއި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންދިޔަ ބޭފުޅެކެވެ. އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ 281 މީހުންގެ ނަން އޮތް އެ ލިސްޓުގައި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރެއް ހިމެނިވަޑައިގަންނަވައެވެ. އެއީ އެމްޑީޕީގެ ހަތަރު މެންބަރަކާއި، ޕީޕީއެމާއި ޕީއެންސީގެ ހަތް މެންބަރަކާއި، ޖޭޕީގެ ދެ މެންބަރަކާއި، އެހެން ޕާޓީތަކާއި އަމިއްލަ މެންބަރުންގެ ތެރެއިން ތިން މެންބަރެކެވެ. ޚިޔާނާތުގެ ލިސްޓުގައި ނަން އޮތް ނަމަވެސް އާޒިމްވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ.

ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކުގެ ތެރޭގައި، ދައުލަތުގެ ވަޒީފާގައި ތިބި 119 މީހެއްގެ ނަން ހިމެނެއެވެ. އޭގެ ތެރޭގައި އައްޔަން ކޮށްފައިވާ މަގާމުތަކާއި އިންތިޚާބީ މަގާމުތައް ހިމެނެއެވެ. ތަހުގީގު ނުނިމުނަސް، އައްޔަން ކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުން ދުރުކުރަން މަޖިލީހުން ހުށަހަޅައެވެ. އަދި އިންތިޚާބީ މަގާމުތަކުގައި ތިބި މީހުންގެ މައްސަލަތައް އަވަސް ކޮށްދިނުމަށް ހުށަހަޅައެވެ.

ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނާ މެންބަރުން

އެމްޑީޕީގެ މެންބަރުން

  1. އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
  2. މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
  3. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ
  4. މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަޞީރު

ޖުމްހޫރީ ޕާޓީގެ މެންބަރުން

  1. ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
  2. ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން

ޕީޕީއެމްގެ މެންބަރުން

  1. ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން
  2. މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު
  3. އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް
  4. ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ
  5. މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް
  6. ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް
  7. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް

އަމިއްލަ / އެހެން ޕާޓީ

  1. ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން (އަމިއްލަ)
  2. ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (އެމްއާރުއެމް)
  3. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު (އެމްޑީއޭ)

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މޭސްތެރިޔަކަށް ހުންނެވި ކަމަށް އެއްބަސްވެވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ސިޔާސީ ޕާޓީތަކަށާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނަށާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ވަޒީރުންނަށާއި ޝަރުއީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށް އޭނާ ދީފައިވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *