ކޮޗިން ފެރީ ބޮޑުތިލަދުންމައްޗަށް އިސްތިހާރުކުރި އެއްވެސް ކަމެއް ނުވެ، ވީ އަޅުވެތި: ޝުޖާއު

ކޮޗިން ފެރީ ބޮޑުތިލަދުންމައްޗަށް އިސްތިހާރުކުރި އެއްވެސް ކަމެއް ނުވެ، ވީ އަޅުވެތި: ޝުޖާއު

އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުއްޓާ ދެމެދު ފެރީ ހިދުމަތް ފެށުމަށް، ސަރުކާރުން ބޮޑުތިލަދުންމަތީ ރައްޔިތުންނަށް އިސްތިހާރު ކުރި އެއްވެސް ކަމެއް ނުވެ ހަމައެކަނި ވީ އަޅުވެތިކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ކޮޗިން ފެރީއާގުޅޭގޮތުން މީގެކުރިންވެސް ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދެކި ޝުޖާއު، ކުރެއްވީ ޓްވީޓެއްގައި ވިދާޅުވީ ކޮޗިން ފެރީ ބޮޑުތިލަދުންމައްޗަށް އިސްތިހާރު ކުރީ، ފެރީއެއެކު އޮރެންޖެއް ދޮޅުރުފިޔާއަށް ގަންނަން ލިބޭނޭ ބުނެ ކަމަށެވެ. މީގެ އިތުރުން ތިލަދުންމަތީ މީހުން ވަށާ ރޯނާއި، ހޮވާ ކާއްޓާއި، ވިންނަ ފަންގި ކޮޅު ދެން "ރޫސް ލާފަ" ކޮޗިން ފެރީން އެކްސްޕޯޓް ކުރެވޭނެކަމަށްވެސް ފެރީފެށަންވެގެން ސަރުކާރަށް ނިސްބަތްވާ އެކިއެކި ބޭބޭފުޅުން ވިދާޅުވިކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

އެހެންނަމަވެސް އެއިން އެއްކަމެއްވެސް އަދި މިހާތަނަށް ނުވާކަމަށާއި ހަމައެކަނި ވާހާވެސް ކަމަކީ އިންޑިއާއަށް އަޅުވެތިވުން ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ކޮޗިން ފެރީ ހިދުމަތަށް ފާޑުވިދާޅުވެ ޝުޖާއު މީގެކުރިންވެސް ވަނީ، މިއަދު އިންޑިއާ އިން ރާއްޖެއަށް ބޮޑު އާގުބޯޓެއް އައި ކަމުގައި ވިޔަސް މާދަމާ އަންނާނީ މަތިމަސް ލީ އިންޑިއާ ފިރިހެނުން ދިވެހި ކަނބަލުން ކައިރިއަށް ކަމަށް ވިދާޅުވެފަ އެވެ.

އަދި އިންޑިއާއިން ރާއްޖެއަށް ކޮށްދޭ މިފަދަ އެކިއެކި ކަންކަމަކީ ރާއްޖެއަށް އަތްގަދަކޮށް ހަންފަތުރަން ކޮށްދޭ ކަންކަން ކަމަށް އިދިކޮޅު ފަރާތްތަކުން އަބަދުވެސް ގެންދަނީ ބުނަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *