މިހާރު ވެރިކަންކުރާ ކޯލިޝަނުން ޑިމޮކްރަސީގެ ހުރިހާ އަސާސެއް މުގުރާލައިފި: ނަޝީދު

މިހާރު ވެރިކަންކުރާ ކޯލިޝަނުން ޑިމޮކްރަސީގެ ހުރިހާ އަސާސެއް މުގުރާލައިފި: ނަޝީދު

މިހާރު ރާއްޖޭގައި ވެރިކަން ކުރަމުންދާ ކޯލިޝަނުން ޑިމޮކްރަސީގެ ހުރިހާ އަސާސެއް މުގުރާލާފައިވާކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ރަސްމީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި، 2008 ވަނަ އަހަރު ވެރިކަން ލިބުނު ގޮތާއި، ވެރިކަމަށް އައީ ކޮން މަގުސަދެއްގައިކަން ވަރަށް ސާފުކޮށް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ 20028 ގައި ރާއްޖޭގެ ރައްޔިތުންގެ ސާފު އަޣުލަބިއްޔަތުން އެމްޑީޕީއަށް ވޯޓު ދީފައިވަނީ  ޑިމޮކްރަސީއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމުގައެވެ. އެމްޑީޕީއަކީ އަބަދުވެސް ހަމަހަމަކަމާއި، މިނިވަންކަމާއި، އިޤްތިޞާދީ ހަމަޖެހުމަށް ވަކާލާތު ކުރަމުންދިޔަ ބައެއްކަމަށެވެ. އަދި އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުންދިޔައީ ދީނީ ގޮތުން މެދުމިނުގެ ސިސާތުގައި ދެމިތިބުމަށް ކަމަށެވެ.

އެހެން ނަމަވސް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިސަރުކާރުގެ ކޯލިޝަންގެ އެންމެ ކުޑަ ޕާޓީކަމުގައިވާ އަދާލަތު ޕާޓީއަށް އެމަނިފާނުގެ ހުރިހާ ނިންމުނަތަކަށް ނުފޫޒު ފޯރުމުގެ ފުރުސަތުދީ އެމްޑީޕީގެ އަސާސްތައް މުގުރާލާފައިވާކަމަށެވެ. އަދި މިއަދު ފެނިގެންދަނީ ރާއްޖޭގެ ޑިމޮކްރަސީއަށް އެމްޑީޕީން ކުރި މަސައްކަތް މުގުރާލާފައިވާ މަންޒަރުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް ރާއްޖޭގައި މެޖޯރިޓީ ރައްޔިތުންނަކީ ތަރައްޤީއާއި ކުރިއެރުމަށް ލޯބިކުރާ ބައެއް ކަމަށާއ، އެމީހުން ބޭނުންވަނީ މިނިވަކްމާިއ ހަމަހަމަ ކަމާއި، ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށާއި، މިއުޒިކާއި، ސަގާފަތާއި، އިގުތިޞާދީ ކުރިއެރުމާއި، މެދުނިމުގެ ދީނީ ސިޔާސަތުކަމަށް ރައީސް ނަޝީދު ވިދާވިއެވެ. އަދި ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހިޔާރުކޮށް ވެރިކަމަށް ގެނައީވެސް މިސިޔާސަތުތައް ނަގަހައްޓައި ދެމެހެއްޓުމަށް ކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވަނީ ސަރުކާރުން ހުށަހެޅި ނަފްރަތު ބިލަށް ސަރުކާރުން ތާއީދު ނުކޮށްފިނަމަ އެމަނިކުފާނު ތާއީދު މިސަރުކާރަށް ނޯންނާނެކަމަށް ސާފުކޮށް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *