ޖިންސު ބަދަލު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ހަރާމްކަމެއް: ޑރ. ޝަހީމް

ޖިންސު ބަދަލު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ހަރާމްކަމެއް: ޑރ. ޝަހީމް

ޖިންސު ބަދަލު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ހަރާމްވެގެންވާ ކަމެއްކަމަށާއި، މިއީ މާތްﷲ ލައުނަތް ލައްވާނެފަދަ ކަމެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ އޮސްޓްރޭލިއާގައި ދިރިއުޅެމުންދާ ދިވެހި އަންހެނަކު އޭނާގެ ޖިންސު ބަދަލުކޮށް، ފިރިހެނަކަށް ބަދަލުވެފައިވާ ކަމަށް އޭނާގެ އަމިއްލަ ޓިކްޓޮކް އެކައުންޓުގައި އިއުލާނު ކުރުމާއި ގުޅިގެން އެވާހަކަތައް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސަރު ކަން ވެސް ކުރެއްވި ޑރ.ޝަހީމް ވިދާޅުވީ ޖިންސު ބަދަލު ކުރުމަކީ މާތްﷲ ޚަލްޤުކުރައްވާފައިވާ ގޮތް ބަދަލުކުރުމަށް ހިންގާ ޢުދުވާނީ އަމަލެއްކަމާއި، އެންމެ ކުރީގެ ސަމާޢީ ޝަރީޢަތެއްވެސް މި އަމަލު ހުއްދަކޮށްފައި ނުވާ ކަމަށެވެ. އަދި މި އަމަލަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ޙަރާމް ވެގެންވާ ލަޢުނަތް ހުރި އަމަލެއް ކަމަށާއި މިފަދަ އަމަލުތަކާ ދުރުވާން ޖެހޭ ކަމަށް ޑރ.ޝަހީމް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މިފަހަކަށް އައިސް މީސް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ދިވެހީންގެ ފަރާތުންވެސް ޖިންސް ބަދަލުވާގޮތަށް ހެދުން އަޅައި ޒީނަތްތެރިވެ ހަރަކާތްރިވާ މަންޒަރުތައް ވަރަށް ބޮޑަށް އާންމުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެތެރޭގައި އެއްޖިންސުން ގުޅުން ހިންގުމަށް މަގުފަހިވާ ގޮތަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ލޯބި ހުށައެޅުމާއި އެނޫންވެސް ބޭއަދަބީ ގުޅުންތައް ހިންގުމަށް ހުށައަޅައި އިސްލާމްދީނުގެ އަސްލުތަކާއި އުސޫލުތަކާ ނުގުޅޭ އެފަދަ ކަންކަން މީސްމީޑިއާގެ ޕްލެޓްފޯމް ތަކުގައި ޕްރޮމޯޓްކުރުން މިފަހަކަށް އައިސް ވަރަށް ބޮޑަށް އާންމުވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ވެސް ފިރިހެނުން އަންހެން ހެދުން އެޅުން އަންނަނީ އިތުރު ވަމުންނެވެ. އަދި އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ މީހުން ވެސް އަންނަނީ ގިނަ ވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *