ކުރެވިފައިވާ ކުށް ފާފަތަކަށް ތަޢުބާވުން އަވަސްކުރުމަށް ޚުޠުބާގައި ގޮވާލައްވައިފި

ކުރެވިފައިވާ ކުށް ފާފަތަކަށް ތަޢުބާވުން އަވަސްކުރުމަށް ޚުޠުބާގައި ގޮވާލައްވައިފި

ރަމަޟާންމަހުގެ ހެޔޮކަން އަވަހަށް ލިބިގަތުމަށާއި، ކުރެވިފައިވާ ފާފަތަކަށް އަވަހަށް ތަޢުބާވުމަށް ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ. ޚުޠުބާގައި ވަނީ ކިތަންމެ ކުށްފާފައެއް ގިނަވިނަމަވެސް އެފާފަ ﷲ ފުއްސަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. މިއަސދުގެ ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ ރަމަޟާން މަހަށް މަރުހަބާ ކިޔުމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ މިސްކިތްތަކެއްގައި ދެއްވި ހުކުރު ޚުޠުބާގައި ވަނީ މުސްލިމުންނަށް ކުރިމަތިވަމުން މި އަންނަނީ ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތަކެއްކަން ހަނދާންކޯށްދެއްވާފައެވެ. އެއީ ހެޔޮކަމުން ފުރިގެންވާ ދުވަސްތަކެއްކަމަށާއި، ތަޤުވާވެރިކަން އިތުރުކޮށް، ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމުގެ ދުވަސްތަކެއްކަމަށް ވިދާޅުވިއެވެ. އެހެން މީހުންނަށް ހިތައި އިޙްސާންތެރި ވުމުގެ ދުވަސްތަކެއްކަމަށާއި، ބަރަކާތްތެރި ރަމަޟާން މަހަކީ މާތް ﷲ އަޅުގަނޑުމެން މުސްލިމުންނަށް ދަރުމަ ކުރައްވައިފައިވާ ވަރަށް ޚާއްޞަ މައްސަރެއްކަމަށްވެސް ވިދާޅުވިއެވެ.

ކީރިތިޤުރުއާން ބާވައިލައްވައި، އެއްހާސް މައްސަރުގެ އަޅުކަމަށް ވުރެ، ހެޔޮކަން ބޮޑުވެގެންވާ ރެއެއް ކަމުގައިވާ ލައިލަތުލްޤަދުރި ވިލޭރޭ އެ މަހުގައި ލެއްވިއެވެ. ރަސޫލާ ޞޢވ ޙަދީޘް ކުރެއްވިއެވެ. މައްސަރުތަކުގެ ތެރެއިން އެންމެ މާތްވެގެ
އެންމެ މާތްވެގެންވާ ބަރަކާތްތެރި ރަމަޟާން މަސް ތިޔަބައި މީހުންގެ ގާތަށް އަތުވެއްޖެއެވެ. ފަހެ، އެ މަހަށް މަރުޙަބާ އެވެ."

ރޯދަމަހަކީ އެތައް ކަމަކުން ރޯދަވެރިޔާ ރައްކާތެރިކޮށްދޭ މަހެއްކަން ފާހަގަކުރައްވަމުން ޚުޠުބާގައި ވަނީ ވަނީ އަޅުގަނޑުމެން ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮކަން ލިބިގަތުމަށް އަވަސްވެ ގަންނަން ޖެހޭކަމަށާއި އެކަމަށް ތައްޔާރުވެ، ތިމާގެ ހިތްނިޔަތް ޚާލިޞްކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. ޚުޠުބާގައި ވިދާޅުވީ ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮކަންލިބިގަތުމަށް އަވަސްވެ ގަންނަން ޖެހޭކަމަށާއި، އެކަމަށް ތައްޔާރުވެ، ތިމާގެ ހިތްނިޔަތް ޚާލިޞް ކުރަން ޖެހޭކަމަށެވެ. އަދި މާތް ﷲ އަށް އިޚްލާޞްތެރިވާން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.

މުސްލިމް އަޚުންނޭވެ! ބަރަކާތްތެރި ރަމަޟާންމަހަށް މަރުޙަބާކިޔުމަށް ތައްޔާރުވާން ޖެހެއެވެ. އެ މަހުގެ ބަރަކާތްތެރިކަން ލިބިގަތުމަށްޓަކައި މާއްދީ ގޮތުންނާއި ރޫޙާނީ ގޮތުން ވެސް ތައްޔާރުވާން ޖެހެއެވެ. ގެތަކާއި މިސްކިތްތައް ޒީނަތްތެރިކުރާ ފަދައިން ނަފްސުތައް ވެސް ހެޔޮކަންތައްތަކަށް ހާނުވައި، ފާފަތަކުންނާއި، މުންކަރާތްތަކުން ދުރުހެލިކުރަން ޖެހެއެވެ. މިބަރަކާތްތެރި މައްސަރުގެ ޙަޤީޤީ މަޤްޞަދު ޙާޞިލުކުރުމަށެވެ. މިމަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ދުނިޔެއާއި، އާޚިރަތުގެ ޞާއްޖަވެރިކަން ލިބިގަތުމަށްޓަކައެވެ.

"އެހެންކަމުން މައްސަރުގެ ފުރިހަމަ ދަރުމަ ލިބިގަނެ، އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރެވޭނެގޮތަށް، ކަންތައްތައް ރާވަން ޖެހެއެވެ. އާދައިގެ ގޮތުގައި ކުރަމުންދާ ބައެއް ކަންތައް ފަހަތަށް ޖައްސައިލައިފައެވެ. ހަމަ މި ބީދައިން މި ބަރަކާތްތެރި ރަމަޟާން މަހުގެ ސަވާބު ފުރިހަމަގޮތުގައި ހޯދުމަށްޓަކައި ތައްޔާރީތަކެއް ވާން އެބަޖެހެއެވެ. ރަމަޟާންމަހަކީ ޤުރްއާނުގެ މައްސަރެވެ. ކީރިތި ޤުރްއާން ބާވައިލެއްވުނީ މި ޤުރްއާނަށް ޚާއްޞަ ސަމާލުކަމެއްދީ ކީރިތި ކިޔެވުމުގައި ވަގުތު ހޭދަ ކުރަން ޖެހެއެވެ. ކީރިތި ޤުރްއާން ކިޔެވުމާއި ކިޔަވައި ދިނުމަކީ ވަރަށް މަތިވެރި އަޅުކަމެކެވެ.

– ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ޚުޠުބާގައި ބަރަކާތްތެރި ރަމަޟާން މަހަކީ ކުށްފާފަތަކުން ތައުބާވުމަށް ލިބޭ، ދުވަސްތަކެއްކަމާއި، އެހެންކަމުން އަޅުގަނޑުމެންގެ ތެރޭގައިވާ ދެބަސްވުންތަކާއި ޚިޔާލު ތަފާތުވުންތައް ދޫކޮށްލައި، މި ބަރަކާތްތެރި މަހުގެ ހެޔޮކަން ލިބިގަތުމަށް، އަވަސްވުމަށް ވަނީ ގޮވާލައްވާފައެވެ. އަދި ކުރެވިފައިވާ ފާފަތަކުން ތައުބާވުމަށް އަވަސްވަމަށާއި، އިންސާނުންގެ ކުށްފާފަތައް، ކިތަންމެ ގިނަވިޔަސް މާތް ﷲ ފުއްސަވައި ދެއްވާނެކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ އެ ކަލާނގެ އޯގާވަންތަކަމާއި، ރަޙްމަތްފުޅު ތަނަވަސްވެގެން ވެއެވެ.

ރަސޫލާ ޞޢވގެ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ހަމަކަށަވަރުން ދުވާލުގެ ވަގުތުތަކުގައި ކުށްފާފަ ކުރާ މީހުން ތައުބާވުމަށް، ރޭގަނޑުގެ ވަގުތުގައި ﷲ ތަޢާލާ އަތްޕުޅު ފަތުރުއްވަވައިލައްވައެވެ. އަދި ރޭގަނޑު ކުށްފާފަކުރާ މީހުންގެ ތައުބާ ޤަބޫލުކުރެއްވުމަށް ދުވާލު އެކަލާނގެ އަތްޕުޅު ފަތުރުއްވަވައި ލައްވައެވެ. ހުޅަނގު ފަރާތުން އިރު އަރައްޖައުމަށް ދާންދެން މިކަން މިގޮތަށް ހިނގާހުށްޓެވެ.

– ޚުޠުބާގައި ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *