ސައުދީއަރަބިއްޔާގެ ހަކަތައިގެ ދާއިރާތަކުގެ މުވައްޒަފުންގެ 70 ޕަސެންޓަކީ އެ ގައުމުގެ ރައްޔިތުންކަން ކަށަވަރުކޮށްދީފި

ސައުދީއަރަބިއްޔާގެ ހަކަތައިގެ ދާއިރާތަކުގެ މުވައްޒަފުންގެ 70 ޕަސެންޓަކީ އެ ގައުމުގެ ރައްޔިތުންކަން ކަށަވަރުކޮށްދީފި

ސަޢޫދީގެ މައިނިންގ، އިންޑަސްޓްރިއަލް އަދި އެނަރޖީ ދާއިރާތަކުގެ މަސައްކަތްތެރިންގެ 70 އިންސައްތައަކީ ސަޢޫދީ ރައްޔިތުންކަން ކަށަވަރުކޮށްދީފި

ސަޢޫދީ ޢަރަބިއްޔާގެ ކޮނެގެން މަޢުދަން ނެގުން، ޞިނާޢީއަދި ހަކަތައިގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަދުވެގެން 70 އިންސައްތައަކީ ސަޢޫދީ ރައްޔިތުންކަން އެޤައުމުގެ އެނަރޖީ މިނިސްޓަރު ޕްރިންސް ޢަބްދުލްޢަޒީޒް ބިން ސަލްމާން ކަށަވަރުކޮށްދެއްވައިފިއެވެ.

މިނިސްޓަރު ވިދާޅުވީ، ޤައުމުގެ މުހިންމު ސިނާޢަތްތަކުގައި ސަޢޫދީ ރައްޔިތުންގެ ހިއްސާ ބޮޑުކުރުމަކީ (ސަޢޫދައިޒޭޝަން/ލޯކަލައިޒޭޝަން) އިޤްތިޞާދަށް ކުރިމަތިވާ ގޮންޖެހުންތަކާއި ބުރޫއެރުންތަކުން ރައްކާތެރިވެ، އިޤްތިޞާދު އިތުރަށް ހަރުދަނާކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ.

މި ބަދަލަކީ ސަޢޫދީ ޢަރަބިއްޔާގެ "ވިޜަން 2030″ ގެ ދަށުން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޤައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ވަޒީފާގެ ފުރުޞަތުތައް ސަޢޫދީ ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު ސިޔާސަތެކެވެ.

އަމިއްލަ އަދި ކުންފުނިތަކުގެ ދާއިރާތަކުން މި ޢަދަދުތައް ދެމެހެއްޓުމަށްޓަކައި މުވައްޒަފުން ތަމްރީނުކުރުމާއި، ވަސީލަތްތައް ޤައުމީ ފެންވަރުގައި ތަރައްޤީކުރުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ވަރުގަދަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *