ދައުލަތުގެ އާމްދަނީއަށް 1.8 އިންސައްތައިގެ އިތުރުވުމެއް

ދައުލަތުގެ އާމްދަނީއަށް 1.8 އިންސައްތައިގެ އިތުރުވުމެއް

މިއަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީ 1.8 އިންސައްތަ އިތުރުވެފައިވާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އޮކްޓޯބަރު 1 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30.879 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވުމެކެވެ. މީގެ އެންމެ ބޮޑު ހިއްސާއަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 5.8 އިންސައްތަ އިތުރުވުމެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ޓީޖީއެސްޓީން 8.062 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކުހުން ލިބުނު އާމްދަނީ 8.2 އިންސައްތަ އިތުރުވެ 1.529 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

ލިބުނު އާމްދަނީއާއެކު، ސަބްސިޑީއަށް ކުރި ހަރަދު 75.1 އިންސައްތަ އިތުރުވެ 4.203 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައިގެ ހަރަދު 1.864 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ. ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު (ކެޕިޓަލް އެކްސްޕެންޑިޗާ) ވަނީ 15.9 އިންސައްތަ އިތުރުވެ 4.804 ބިލިއަން ރުފިޔާއަށް އަރާފައެވެ. އޭގެ ތެރޭގައި ބިމާއި އިމާރާތްކުރުމާއި، ބަނދަރު ހެދުމުގެ އިތުރުން އެހެނިހެން އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *