ރޮބާޓޯ ކާލޯސް އިސްލާމްވި ކަމަށް ބުނާ ވާހަކަތަކެއް

ރޮބާޓޯ ކާލޯސް އިސްލާމްވި ކަމަށް ބުނާ ވާހަކަތަކެއް

ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ރިއާލް މެޑްރިޑްގެ ލެޖެންޑް ރޮބާޓޯ ކާލޯސް އިސްލާމްދީން ގަބޫލުކޮށްފި ކަމަށް ބުނެ ބައިނަލްއަގުވާމީ މީޑިއާތަކުގައި ޚަބަރު ފެތުރެން ފަށައިފިއެވެ.

ނަމަވެސް މި ކަމާ ގުޅޭގޮތުން ކާލޯސްގެ ފަރާތުން އަދި ސީދާ ރަސްމީ ކަށަވަރުކަމެއް ދީފައެއް ނުވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، 53 އަހަރުގެ ކާލޯސް އިސްލާމްވިކަން ހާމަކޮށްފައިވަނީ ތުރުކީގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ އަލީ ޝާހިންއެވެ. ސާލޯ ޕޯލޯގައި ބޭއްވި ބައްދަލުވުމެއްގައި ބްރެޒިލްގެ އިސްލާމީ ޖަމްއިއްޔާއެއްގެ ރޭވިއްޔާތު އަދި ދީނީ އިރުޝާދުދޭ ޝޭޚް ޖިހާދު ހައްމާދާ މައުލޫމާތު ދެއްވި ގޮތުގައި، ކާލޯސް ވަނީ މީގެ ހަތަރު ހަފުތާ ކުރިން އޭނާއާ ބައްދަލުކޮށް ޝަހާދަތްލައި އިސްލާމްދީން ގަބޫލުކޮށްފައެވެ.

މި ޚަބަރުތައް ފެތުރެން ފެށީ ކާލޯސް، މޮރޮކޯގެ އެޖެންޓެއް ކަމަށްވާ ސުހައިލާ އަލް ތާހިރީއާ ކައިވެނިކުރި ކަމުގެ ޚަބަރުތަކާއެކުގައެވެ.

ނަމަވެސް، ކާލޯސްގެ މީސްމީޑިއާ އެކައުންޓްތަކުން ނުވަތަ އޭނާގެ އޮފިޝަލް އޭޖެންޓުންގެ ފަރާތުން މިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވާތީ، މިއީ އަދި ސާބިތުނުވާ ޚަބަރެއްގެ ގޮތުގައި ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *