ށ. ފުނަދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަށް، އެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު މަމްދޫހް (މަންޑޭ) ގެ ފަރާތުން 14,000 ރުފިޔާގެ ފައިސާގެ އިނާމެއް ދެއްވައިފިއެވެ.
އެމްޕީ މަންޑޭގެ ފަރާތުން މިހާ ބޮޑު އިނާމެއް ހުށަހެޅުއްވީތީ، ފުނަދޫ ސްކޫލުން އެމަނިކުފާނުގެ ފޮޓޯޖެހި ޕޯސްޓެއް ސޯޝަލް މީޑިޔާގައި ވަނީ ހިއްސާކޮށްފައެވެ. އެ ޕޯސްޓުގައި އެމަނިކުފާނަށް ޝުކުރު އަދާކޮށްފައި ވެއެވެ. މިއީ ށ. އަތޮޅުގެ ދާއިރާތައް ތަމްސީލް ކުރައްވަމުން ގެންދަވާ މަޖިލިސް މެންބަރަކު ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި އެންމެ ބޮޑު ފައިސާގެ އިނާމުކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ.
މަންޑޭގެ ބޮޑު އިނާމަކުން މުޅި ފުނަދޫ ދާއިރާ ހައިރާންކޮށްލާފައި މިވަނީ، މާއުނގޫދޫ ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާއަށް ހުސްފޮށިގަނޑެއް ފޮނުވިކަމުގެ ތުހުމަތުތަކެއް ކޮށްފައިވަނިކޮށެވެ.





