109 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ޝިފާއު ގޭބަންދަށް ބަދަލުކުރަން ކޯޓުން ދެކޮޅު ހަދައިފި

109 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ޝިފާއު ގޭބަންދަށް ބަދަލުކުރަން ކޯޓުން ދެކޮޅު ހަދައިފި

މަކަރާއި ހީލަތުގެ ކުށްތަކެއް ސާބިތުވެ 109 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މއ. ހަނީސަކްލް / ހުސެއިން ޝިފާއު ގޭބަންދަށް ބަދަލުކުރަން ކޯޓުން ދެކޮޅު ހަދައިފިއެވެ.

ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި ޝިފާއު 109 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ނަމަވެސް މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި އެ މައްސަލަތައް ހައިކޯޓުގައި އޮތީ އިސްތިއުނާފުކޮށްފައެވެ. އޭނާ އެދިފައި އޮތީ ހުކުމް ތަންފީޒުކުރުން ފަސްކޮށް، ކަފާލާތުގެ ދަށުން ގޭ ބަންދަށް ބަދަލުކޮށް ދިނުމަށެވެ.

އެކަމަކު ހައިކޯޓުން މިއަދު ވަނީ އޭނާ އެދުނު އެދުނު ކަންކަން ކޮށްދެވޭނެ ގާނޫނީ އަސާސެެއް ނެތްކަމަށް ކަނޑައަޅައި ގޭބަންދަށް ބަދަލުކުރުމާއި ހުކުމް ތަންފީޒުކުރުން ފަސްކޮށްދެވެން ނެތްކަމަށް ނިންމައިފައެވެ.

ޝިފާއުގެ މައްޗަށް ސާބިތުވެފައި ވަނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައިވާ "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކަކުން މުދާ ރާއްޖެ އެތެރެކޮށް، އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހެދުމެވެ. އެގޮތުން 1.9 މިލިއަން ރުފިޔާއަށް އޭނާ ވަނީ ހިޔާނާތްތެރިވެފައެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާއާއި މަނީލޯންޑަރިންގެ 7 ދައުވާގެ އިތުރުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ 9 ދައުވާއެކެވެ. އެ ދައުވާތައް ކޯޓުގައި ވަނީ ސާބިތު ވެސް ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *