ޔާމީން އުޅެނީ ތަރައްގީގެ ހުރިހާ ކްރެޑިޓެއް އެކަނި ނަގަންވެގެން، އެ ތަރައްގީގައި މުއިއްޒުގެ ހިއްސާ މާ ބޮނޑު: އަބްދުއްރަހީމް

ޔާމީން އުޅެނީ ތަރައްގީގެ ހުރިހާ ކްރެޑިޓެއް އެކަނި ނަގަންވެގެން، އެ ތަރައްގީގައި މުއިއްޒުގެ ހިއްސާ މާ ބޮނޑު: އަބްދުއްރަހީމް

ކުރީގެ ރައީސް ޔާމީން މަސައްކަތް ކުރައްވަނީ އެ މަނިކުފާނުގެ  ސަރުކާރުގެ ތަރައްގީގެ ކްރެޑިޓް އެކަނި ނަންގަންވަން ކަމަށާއި ނަމަވެސް އެ ތަރައްގީގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިއްސާ މާބޮޑުވާނެކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް އއ. އުކުޅަހަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް އެ ރަށުގައި ޕީއެންސީން ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސާން އަބްދުރަހީމް ވަނީ ކުރީގެ ވެރިކަންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން އޭނާ ވިދާޅުވީ ޔާމީން ސަރުކާރުގައި އެ މަނިކުފާނާއި މިހާރު ޕީއެންސީގައި ތިބި ބައެއް ޝާމިލުވި ކަމަށެވެ. އަދި ވެރިއަކަށް އެ މަގާމަށް ވަޑައިގެންނެވެނީ އަރިހުގައި ތިބޭ ބަޔެއްގެ އެހީތެރިކަމާއެކީ ކަމަށާއި އެއީ އެކަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ، ޔާމީނަކީ ވެސް ހަމައެކަނި އަމިއްލަފުޅަށް މަސައްކަތް ކުރައްވައިގެން ވެރިކަން ހޯއްދެވޭނެ ބޭފުޅެއް ނޫން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވައިފައެވެ.

”އޭރުގެ ވެރިކަމުގައި ބުރިޖެއް އެޅިޔަސް، މަގެއް ހެދިޔަސް، ބަނދަރެއް ހެދިޔަސް، ބިމެއް ހިއްކިޔަސް، އެހެން އެއްވެސް މީހަކާ ބެހޭ ކަމެއް ނޫން މިއަދު، ހަމައެކަނި ތިމަންނަ ކުރި ކަންތައް، އެހެންވީމަ މި ދަންނަވަނީ ޒުވާނުން އެބަ ޖެހެޔޭ ވިސްނަން” އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެ ވެރިކަމުގެ ވާހަކަ މިހާރު ދައްކަވަނީ ޒާތީ ކަމެއް އޮތުމުން ނޫން ކަމަށާއި ނަމަވެސް، ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭން ޖެހޭތީ ކަމަށެވެ.

އެއަށްފަހު، ޔާމީންގެ ޕީއެންއެފުން ބާއްވާ ޖަލްސާތަކަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ "ސިޓިން ރޫމްގައި" ހުންނަވަނީ ޔާމީން "ދޯ ދެއްވަނީ" ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހަށް ކަމަށް ވިދާޅުވިއެވެ. މަލީހާއި ޖަމީލަކީ ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރެއްވި ދެ މީހުންގެ ގޮތުގައި ސިފަކުރައްވައި އަބްދުއްރަހީމްގެ ފާޑުކިޔުން ދެން އަމާޒުކުރެއްވީ، ޕީއެންއެފްގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދަށެވެ. އެގޮތުން ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗު ގޮއްވާލިއިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ އޭނާކަން ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *