އެމްޑީޕީގެ ދަތިވެެއްޖެ މުޒާހަރާއަށް ސައީދުގެ ރައަދު: ސިންގަޕޫރަށްވުރެ ރާއަޖޭގައި ތަކެތީގެ އަގުހެޔޮ،

އެމްޑީޕީގެ ދަތިވެެއްޖެ މުޒާހަރާއަށް ސައީދުގެ ރައަދު: ސިންގަޕޫރަށްވުރެ ރާއަޖޭގައި ތަކެތީގެ އަގުހެޔޮ،

ތަކެތީގެ އަގުބޮޑުވަމުންދާ ކަމަށް ބުނެ އިދިކޮޅު ޕާޓީ، އެމްޑީޕީން މުޒާހަރާއަށް ނުކުންނަން ނިންމި އިރު، ސިންގަޕޫރަށްވުރެ ރާއްޖޭގައި ތެލުގެ އަގު ހެޔޮ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ރައްދު ދެއްވައިފި އެވެ.

”ދަތިވެއްޖެ“ ނަމުގައި މި މަހުގެ 12 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަން ނިންމާފައިވާކަން އިއުލާން ކުރީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި، މިނިސްޓަރު މިއަދު ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ވީޑިއޯއެއްގައި ސައީދު ވަނީ، ދުނިޔެ މިހާރު މި އޮތް ހާލަތާއި މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވެފައިވާ މި ދުވަސްވަރުގައި ބޭރުގެ ގައުމުތަކުގައި ހުރި ތެލުގެ އަގުތަކާއި ރާއްޖޭގެ އަގުތައް އަޅާ ކިޔައިފަ އެވެ.

އެގޮތުން ޕެޓްރޯލް ލީޓަރެއް ރާއްޖޭގައި މިހާރު ހުރީ 16.01ރ. އަށް ކަމަށްވީ ނަމަވެސް ސިންގަޕޫރުގައި ޕެޓްރޯލް ލީޓަރެއް އެންމެ އަގުހެޔޮކޮށްވެސް ލިބެނީ 40.09ރ. އަށް ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ދުބާއީގައި 14.07ރ. އަށް ލީޓަރެއް ހުރި އިރު، އިންޑިއާގައި މި ވަގުތު ޕެޓްރޯލް ލީޓަރެއް ހުރީ 18.08ރ. އަށް ކަން ވެސް ސައީދު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ޑީސަލްގެ އަގަށް ބަލައި އިރު، ރާއްޖޭގައި އެސްޓީއޯ އިން ޑީސަލް ލީޓަރެއް ވިއްކަމުންދަނީ 17.54ރ. އަށް ކަމަށާއި ނަމަވެސް ސިންގަޕޫރުގައި ޑީސަލް ލީޑަރެއް ހުރީ 41.63ރ. އަށް ކަމަށެވެ. އަދި ދުބާއީގައި 16.10ރ. ޑީސަލް ލީޑަރެއް ހުރި އިރު، އިންޑިއާގައި މި ވަގުތު ޑީސަލް ލީޓަރެއް ހުރީ 15.83ރ. އަށް ކަމަށް ސައީދު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *