ލަންޑަނުގެ ހޮޓެލެއްގައި ސާޢޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅަކު މަރުވެފައި އޮއްވާ ފެނިއްޖެ

ލަންޑަނުގެ ހޮޓެލެއްގައި ސާޢޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅަކު މަރުވެފައި އޮއްވާ ފެނިއްޖެ

އިނގިރޭސިވިލާތުގެ ލަންޑަންގެ މެރިއޮޓް ހޮޓެލްގެ ކެންސިންގްޓަން ސުއީޓެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު ސަޢޫދީ ޢަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޕްރިންސް ޢަބްދުالله ބިން ފަހަދު ބިން ޢަބްދުالله އަލް ސަޢޫދު އަވަހާރަވެފައި އޮއްވާ ފެނިއްޖެއެވެ.

އުމުރުން 29 އަހަރުގެ ޕްރިންސް ޢަބްދުالله މަރުވެފައި އޮއްވާ ފެނުނީ ނޮވެމްބަރު 25 ގައެވެ. ހޮޓެލްގެ ފާޚާނާ ތެރެއަށް ވެއްޓިފައި އޮއްވާ ފެނުނުއިރު، އޭނާ އަވަހާރަވީ ހިތް ހުއްޓިގެން (ކާޑިއަކް އެރެސްޓް) ކަމަށް ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުގެ ލަންޑަން ކޯރޯނާސް ކޯޓުގައި ބޭއްވި ތަޙުޤީޤީ އަޑުއެހުމުގައި ހާމަކުރި ގޮތުގައި، ޕްރިންސްގެ ހަށިގަނޑުން ވަނީ ނުރައްކާތެރި މިންވަރަކަށް ރަލާއި، ޕާޓީ ޑްރަގް GHB، ކެނަބިސް އަދި ނަފްސާނީ ބަލިތަކަށް ބޭނުންކުރާ ޒެނެކްސް ފަދަ ބޭސްތައް ފެނިފައެވެ.

އިނގިރޭސި ތަޙުޤީޤު ކޮމިޝަނަރު (ކޯރޯނާ) ޖީން ހާކިން ނިންމެވި ގޮތުގައި، މިއީ ގަސްދުގައި އަމިއްލައަށް މަރުވާން ކުރި ކަމެއް ނޫން ކަމަށާއި، އަދި އެހެން މީހެއްގެ ބައިވެރިވުމެއް ވެސް މީގައި ނެތެވެ. މިއީ މަސްތުވާތަކެއްޗާއި ރަލުގެ ނުރައްކާތެރި މިކްސްޗަރެއް ބޭނުން ކުރެވުމުގެ ސަބަބުން ނުބައި ނަތީޖާއެއް ނުކުމެ ދިމާވި ހިތާމަވެރި ހާދިސާއެއް ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޕްރިންސް ޢަބްދުالله ވަނީ ރަލާއި ބޭހަށް ދެވިހިފާފައި ވާތީ އެކަމަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ރީހެބިލިޓޭޝަން ސެންޓަރުތަކުން ފަރުވާވެސް ހޯއްދަވާފައެވެ. ނަމަވެސް، ފަރުވާ ނިންމުނު ތަނާހެން މިއެކްސިޑެންޓް ދިމާވީއެވެ.

ސަޢޫދީ ޝާހީ އާއިލާއިން ވަނީ ޕްރިންސް ޢަބްދުالله އަވަހާރަވިކަން ރަސްމީކޮށް އިޢުލާންކޮށް، ރިޔާޟްގެ އިމާމް ތުރުކީ ބިން ޢަބްދުالله މިސްކިތުގައި ކަށުނަމާދު ބާއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *