ރާއްޖެއަށް އެތެރެކުރަން އުޅުނުން 4.4 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ބުނީ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ 2.2 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ކަމަށެވެ.
މިދިޔަ ހޯމަދުވަހު އަލުލައިގަން މި ތަކެތީގެ ތެރޭގައި ހިމެނެނީ، މެތްއެމްފެޓަމީން ކަމަށްވެސް ކަސްޓަމުން ބުންޏެވެ.
ނަމަވެސް އެ މައްސަަލައާ ގުޅިގެން ބަޔަކު ހައްޔަރުކޮށް ފުލުހުންނާ ހަވާލުކުރިކަމަށް ބުނެފައެއްނުވެއެވެ. އަދި އެކަމާ ބެހޭ އިތުރު ތަފްސީލްވެސް ކަސްޓަމްސް އިން ދީފައެއްނުވެއެވެ.
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވެސް މިމަހުގެ 18 ވަނަ ދުވަހު ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.
އެތަކެއްޗަކީ ސ.ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.






